ads
ފޮޓޯ: އެޓާނީ ޖެނެރަލްގެ އޮފީސް ހުންނަ ވެލާނާގެ
އޭޖީ އޮފީހަށް ލީގަލް އެއިޑް ކޮންސަލްޓެންޓުން ހޯދަން އިއުލާނުކޮށްފި
އެޓާނީ ޖެނެރަލްގެ އޮފީހަށް ލީގަލް އެއިޑް ކޮންސަލްޓެންޓުން ހޯދަން އިއުލާންކޮށްފި އެވެ.

އޭޖީ އޮފީހުން މިއަދު ގެޒެޓްކުރި އިއުލާންގައިވާ ގޮތުން ކޮންސަލްޓެންޓުން ހޯދަނީ ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ފުރިހަމަވާ ފަރާތް ތަކަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކަ އެވެ.

އޭޖީ އޮފީހުން ބުނީ، ލީގަލް އެއިޑް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތް ތަކަށް، ލީގަލް އެއިޑް ކޮންސަލްޓަންސީއަށް ކުރިމަތިލުމުގެ ފުރުސުތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އޭޖީ އޮފީހުން ވަނީ، މިކަމަށް އެދޭ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ނިޔަލަށް އެ އޮފީހަށް ހުށަހެޅުމަށް އެދިފައެވެ.

މިކަމާބެހޭ އިތުރު މައުލޫމާތު އޮޅުންފިލުވުމަށް އޭޖީ އޮފީހުގެ ނަންބަރު 7911194 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ވެސް އެ އޮފީހުން ވަނީ އެދިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް