ads
ސައުދީގެ އަމީރު ބަދްރު އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތައުޒިޔާ
ސައޫދީ އަރަބިއްޔާގައި ރަސްކަންކުރައްވާ ޝާހީ އާއިލާގެ އިސް ބޭފުޅެއްކަމުގައިވާ، އަމީރު ބަދްރު ބިން އަބްދުލް މުހްސިން ބިން އަބްދުލްއަޒީޒް އާލް ސައޫދު އަވަހާރަވުމާއި ގުޅިގެން، މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދުގެ އަރިހަށާއި، ސައުދީގެ ވަލީ އަހުދު، ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދުގެ އަރިހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ސައޫދީ އަރަބިއްޔާގެ ރަސްގެފާނާއި އަދި ވަލީ އަހުދުގެ އަރިހަށް، ރައީސް ޑރ މުއިއްޒު ވަކިވަކިން ފޮނުއްވި މެސެޖުގައި، ޕްރިންސް ބަދްރު ބިން ޢަބްދުލް މުހުސިން ބިން އަބްދުލްއަޒީޒް އާލް ސައޫދު އަވަހާރަވިހަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައިވެ އެވެ.

ޕްރިންސް، ބަދްރު ބިން އަބްދުލް މުހުސިން ބިން އަބްދުލްއަޒީޒް އާލް ސައޫދަކީ، ސައޫދީ އަރަބިއްޔާގެ މަޝްހޫރު ޅެންވެރިއެއް އަދި ލިޔުންތެރިއެއްގެ އިތުރުން، ދީލަތިކަމާއި ތޫނުފިލިކަމުގެ ރަމްޒެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޝަހުޞިއްޔަތެއް ކަމަށެވެ.

ސައޫދީގެ ސަގާފަތަށް އެމަނިކުފާނު ކޮށްދެއްވާފައިވާ މުހިންމު ހިދުމަތްތަކުގެ އަގު އަންނާން އޮތް ޖީލުތަކުންވެސް ވަޒަންކުރަމުންދާނޭ ކަމުގައި ރައީސްގެ މެސެޖްގައި ވިދާޅުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް