ads
މާލޭގެ މަގުމަތި
މިމަހުގެ ފުރަތަމަ ހަތަރު ދުވަސް : ޑެންގޫ 40 ޗިކުންގުންޔާ 58 ކޭސް
މިމަހުގެ ފުރަތަމަ ހަތަރު ދުވަހު ޑެންގޫ ޖެހިގެން 40 ކޭސް ރިޕޯޓްކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
Advertisement

މިދުވަސްވަރު ޑެންގޫ ހުމާއި ޗިކުންގުއްޔާ ރާއްޖޭގެ އެކި ހިސާބުތަކުގައި ފެތުރެމުން އަންނަކަމަށް އެޗްޕީއޭއިން ބުނެއެވެ. އެ އިދާރާއިން އާއްމުކުރި ހިސާބުތަކުން ދައްކާގޮތުން މިމަހުގެ ފުރަތަމަ ހަތަރު ދުވަހު ޑެންގޫ ހުމުގެ 40 ކޭހާއި ޗިކުން ގުންޔާގެ 58 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. 

މިދިޔަ ޖެނުއަރީ މަހުން ފެށިގެން އިއްޔެެ ނިޔަލަށް ޑެންގޫ ހުން ޖެހިގެން 600 މީހުން ޑޮކްޓަރަށް ދައްކާފަައިވާކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައެވެ. އެންމެ ގިނަ މީހުންނަށް ޑެންގޫ ޖެހިފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. މިދިޔަ އޭޕްރިލް މަހު 239 މީހަކަށް ޑެންގޫ ޖެހުނުކަމަށް އެޗްޕީއޭއިން ބުނެއެވެ. 

ޑެންގޫ ހުންޖެހިގެން އެންމެ ގިނަ މީހުން ރިޕޯޓްކޮށްފައިވަނީ މާލޭ ސަރަހައްދުންނެވެ. އެގޮތުން އެންމެ ގިނަ މީހުން ޑެންގޫ ޖެހުނު ހުޅުމާލެއިން 142 ކޭސް އަދި މާލެއިން 47 ކޭސް ރިޕޯޓްކޮށްފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. ދެން މި ބަލި އެންމެ ގިނައިން ރިޕޯޓްކުރަމުން އަންނަނީވެސް މާލެ އަތޮޅުންނެވެ. 

ޑެންގޫ ހުމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް 

your image

ޑެންގޫ ހުމުގެ އިތުރުން ޗިކުންގުއްޔާވެސް މިދުވަސްވަރު އަންނަނީ ހަލުވިކަމާއި އެކު ފެތުރެމުންނެވެ. އެ ބަލި ޖެހިގެން މިހާތަނަށް 240 މީހަކު ވަނީ ޑޮކްޓަރަށް ދައްކާފައެވެ. އޭގެތެރެއިން އެންމެ ގިނަ މީހުން ޑޮކްޓަރަށްް ދެއްކީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެ ހަފްތާގެ ތެރޭގައި 117 މީހަކަށް ޗިކުންގުންޔާ ޖެހުނުކަން ވަނީ ރިޕޯޓްކޮށްފައެވެ. 

އެޗްޕީއޭއިން ބުނީ މިމަހުގެ ފުރަތަމަ ހަތަރު ދުވަހުވެސް ޗިކުންގުންޔާގެ ޖެހިގެން 58 މީހަކު ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދާފައިވާކަމަށެވެ. މި ބަލިވެސް އެންމެ ގިނައީ މާލޭ ސަރަހައްދުގައެވެ. މާލޭއިން އެކަނިވެސް ވަނީ ޗިކުންގުންޔާގެ 193 ކޭސް ފެނިފައެވެ.

ޗިކުންގުންޔާއަށް ގޭގައި ހޯދިދާނެ ފަރުވާތައް 

your image

 ޑެންގޫ ހުމާއި ޗިކުންގުންޔާ އިތުރުވަމުން އަންނައިރު ޑެންގޫ ހުންޖެހިގެން 6 ކުއްޖަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަކަން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް އިއްޔެ ވިދާޅުވިއެވެ. އަދި މީގެތެރެއިން ބައެއް ކުދިންގެ ގައްޔަށް ލޭ އަޅަންޖެހޭކަންވެސް ޑރ. ފައިސަލް ފާހަގަކުރެއްވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް