ads
ޓޫރިޒަމް މިނިސްޓަރ ފައިސަލް އިބްރާހީމް - ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ކުރިއަށްއޮތް އައިޓީބީ ފެއާގެ ރާއްޖޭގެ ވަފުދުގައި ނޫރައިން ބައިވެރިވާނެ: މިނިސްޓަރު
ކުރިއަށް އޮތް އައިޓީބީ ޗައިނާ ފެއާ ގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި ނޫރައިން ބައިވެރިވާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު ފައިސަލް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީ ބަދުނާމުވާ ގޮތަށް ރާއްޖޭގެ ލޯކަލް މީޑިއާއަކުން ޝާއިއު ކުރި ހަބަރަކާ ގުޅުވައިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ނޫހުގައި ބުނެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް އުފައްދާފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނޫރައިން މުހައްމަދު އަލީ ޖަނާހު އެ ކުންފުނިން ރާއްޖެ ޕްރޮމޯޓު ކުރުމަށް ބޭރުގައި ބާއްވާ ހަރަކާތް ތަކަށް ނުގެންދިއުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލު އަންގަވައިފި ކަމަށެވެ.

އެ ހަބަރު ދޮގުކޮށް މިނިސްޓަރު ފައިސަލް ވިދާޅުވީ، ޒާތީވެ ބުލީކޮށްގެން ފަހަތަށް ނުޖެއްސުމުން ބޮޑެތި ރޯބުހުތާނު ދޮގު ވާހަކަތައް ފަތުރައިގެން އޭނާ ފަހަތަކަށް ނުޖެއްސޭނެ ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީގެ ލީޑަރޝިޕްގައި ތިބި ފަރާތްތަކާއިމެދު އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށެވެ.

"މިއީ ޗެނަލް13 ގައި ލިޔެފައިވާ ރޯބުހުތާނު ދޮގެއް. އިންތިޒާމްކޮށް ރޭވިގެން މި ސިނާއަތުގައި އިސްކޮށް ހަރަކާތްތެރިވާ ކަނބަލުންނަށް ޓާގެޓްކޮށްގެން މިފަދަ ދޮގު ވާހަކަތައް ފަތުރައިގެން އެކަނބަލުންގެ އަޒުމް ބަލިކަށި ނުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބައޮތް." ފައިސަލްގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީއާ އެމްއެމްޕީއާރުސީގެ ލީޑާޝިޕް ގައި ތިއްބެވި ބޭފުޅުންގެ މެދުގައި އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށެވެ. އަދި އެ ބޭފުޅުން އަތާއި އަތް ގުޅުވާލައިގެން ތިބީ ރައީސް މުއިއްޒުގެ ތަރައްގީގެ ތަސައްވުރުގައިވާ އިންގިލާބީ ހެޔޮ ބަދަލުތައް ޓޫރިޒަމް ސިނާއަތަށް ގެނެސް ދިނުމަށް ކަމަށް ވިދާޅުވި އެވެ.

އަދި ނޫރައިންއާ ގުޅޭގޮތުން ފެތުރާ ވާހަކަތަކުގެ ބޭނުމަކީ އަޒުމު ބަލިކަށި ކުރުން ކަމުގައި ވިދާޅުވެ އެކަން ހާސިލު ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް