އިއްޔެ އޭނާއަށް 39 އަހަރު ފުރިފައިވާއިރު ބޮލީވުޑުގެ ގިނަ ފަންނާނުންގެ އިތުރުން ސަޕޯޓަރުން ވެސް ވަނީ އޭނާއަށް ތަހުނިޔާ ފޮނުވާފަ އެވެ.
ކަޕިލްއަށް ތަހުނިޔާ ކި ބައެއް ބޮލީވުޑު ފަންނާނުންގެ ތެރޭގައި މަދޫރީ ދިކްޝިތު އާއި ރާހުލް ދޭވް އާއި އަނިލް ކަޕޫރާއި އަދި ޕުލްކިތު ސަމްރާޓު ފަދަ ފަންނާނުން ހިމެނެއެވެ. ކަޕިލް ވަނީ އޭނާގެ އުފަން ދުވަހު ތަހުނިޔާ ކި އެންމެނަށް ޝުކުރުވެސް އަދާކޮށްފަ އެވެ.
"ކޮމެޑީ ކިންގް"ގެ ނަމުން މަޝްހޫރު ކަޕިލްއަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ކޮމޭޑިއަން އެވެ. ކަޕިލް ވަނީ ތަފާތު ނަން ނަމުގައި ކޮމެޑީ ޝޯތައް ކުރިއަށް ގެންގޮސްފަ އެވެ.
ކަޕިލް ވަނީ "ފިރަންގީ" އަދި "ކިސް ކިސް ކޯ ޕިޔާރް ކަރޫން" ފަދަ ފިލްމުތަކުން ފެނިގެން ގޮސްފަ އެވެ.