ads
މޯލްޑިވްސް އިސްލާމިކް ބޭންކް
އެމްއައިބީގެ ފަވަރަ މެދުވެރިކޮށް މިހާރު ބަލްކް ޓްރާންސްފާ ހެދޭނެ
އެމްއައިބީން ފަވަރަ މެދުވެރިކޮށް އެހެން ބެންކު އެކައުންޓުތަކަށް ވެސް ބަލްކުކޮށް ޓްރާންސްފާ ކުރެވޭ ހިދުމަތް ތައާރަފްކޮށްފި އެވެ.
Advertisement

އެމްއައިބީއިން ބުނީ، އެ ބޭންކުގެ އިންޓަނެޓު ބޭންކިން ޕްލެޓްފޯމް ފައިސާނެޓުން ކޮންމެ ތާކު ހުރެ ވެސް މި ހިދުމަތް ހޯދޭއިރު، އެ ހިދުމަތަށް ފަވަރަ އިތުރުވެގެން ދިޔުމާއެކު މިހާރު އެހެން ބޭންކެއްގެ އެކައުންޓެއް ބަލްކް ޓްރާންސްފާގައި ހިމެނެނު ނަމަވެސް، ވަގުތުން ފައިސާ ޖަމާވާނެ ކަމަށެވެ.

ފަވަރަ އަކީ ރާއްޖޭގެ އެއް ބެންކު އަނެއް ބެންކަށް ވަގުތުން ފައިސާ ފޮނުވޭ ހިދުމަތެކެވެ. ފަވަރައިން ކޮންމެ ބޭންކެއްގައި މުވައްޒަފެއް ނުވަތަ ހިއްސާދާރެއްގެ އެކައުންޓު އޮތް ނަމަވެސް ބެންކުން ދޭ ފޯމެޓަކަށް ތަފްސީލް ޝީޓު އަޕްލޯޑުކޮށްގެން ވަގުތުން ފައިސާ ޖަމާކުރެވޭނެ އެވެ.

"އެމްއައިބީގެ ބަލްކް ޓްރާންސްފާ ހިދުމަތަކީ ގިނަ ކުންފުނިތަކަކުން މުސާރަ ޖަމާކުރުމަށް ބޭނުންކުރާ ހިދުމަތެއްކަން ފާހަގަކޮށްލެވޭ. ފަވަރައާއެކު މިހާރު ކޮންމެ ބޭންކެއްގައި މުވައްޒަފުންގެ އެކައުންޓް އޮތް ނަމަވެސް ބޭންކުން ފޯމެޓަކަށް މުސާރަ ޝީޓް އަޕްލޯޑް ކޮށްލުމުން މުސާރަ ޖަމާވާނެ،" އެމްއައިބީއިން ބުންޏެވެ.

އެމްއައިބީން އޮންލައިން ކޮށް ފައިސާ ފޮނުވުމުގެ ހިދުމަތް ފަވަރައިގެ އިތުރުން އެ ބެންކުގެ އިންޓަނެޓް ބެންކިން ފައިސާ ނެޓްއިން ލިބޭނެ އެވެ. ފައިސާ ނެޓަކީ ރައްކާތެރި، ވިޔަފާރިތަކަށް ވެސް ބޭނުން ކުރަން ފަސޭހަ ޕްލެޓްފޯމެކެވެ. 

މި ބަދަލާ އެކީ އެމްއައިބީ މެދުވެރިކޮށް މުސާރަ ޖަމާކުރާ ފަރާތްތަކަށް ވެސް މިހާރު އެންމެ މުސާރަ ޝީޓަކުން ހުރިހާ މުވައްޒަފުންނަށް މުސާރަ ޖަމާކޮށްލެވޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ. އަދި އެހެނިހެން ބޯނަސްތަކާއި އިންސެންޓިވްސްތައް ވެސް ޖަމާކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް