ރާއްޖޭގެ އިން ލަފާކުރި ވަރަށް ވުރެ މިދިޔަ އަހަރުގެ އިގުތިސޯދީ ދުވެލި 4.7 އިންސައްތަ ދަށްވެފައިވާ ކަމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ)ގެ އަހަރީ ރިޕޯޓުން ވަނީ ދައްކާފަ އެވެ. ކުރިން ވޯލްޑް ބޭންކުން ލަފާކޮށްފައި ވަނީ މި އަހަރު ރާއްޖޭގެ އިގްތިސާދު 5.2 ޕަސެންޓަށް ކުރިއަރާނެ ކަމަށެވެ. އެހެންވެ އެއީ 0.5 ޕަސެންޓުގެ ދަށްވުމެކެވެ.
އެ ބޭނުންކުން ބުނެފައިވަނީ ސަބްސިޑީތައް ރިފޯމް ކުރުމާއި, ދައުލަތުގެ ކުންފުނިތައް ހަރުދަނާ ކުރުމާއި، ސިއްހީ ހަރަދުގެ އެފިޝެންސީ އިތުރުކުރުމުގެ އިތުރުން، ސްޓްރެޓެޖިކް އިންވެސްޓްމެންޓް ޕްލޭނިން ހަރުދަނާކުރުން ހިމެނޭ އިޤުތިޞާދީ އެޖެންޑާއަކަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށެވެ.
ސަރުކާރުން އިގުތިސޯދީ އެޖެންޑާއަކަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ. އެއީ, ސަބްސިޑީތައް ރިފޯމް ކުރުމާއި, ދައުލަތުގެ ކުންފުނިތައް ހަރުދަނާ ކުރުމާއި, އާސަންދައިގައި ހުރި ބާގަނޑުތައް ބެއްދުމާއި, ކެޕިޓަލް ހަރަދުތައް އަލުން ތަރުތީބުކުރުން ހިމެނޭ އެޖެންޑާ އެކެވެ.
އެގޮތުން, ވޯލްޑް ބޭންކުން ސަބްސިޑީ ޓާގެޓު ކުރުމަށް ބޭނުން ނިޒާމު ގާއިމު ކުރުމަށާއި މިހާރު އޮތް ސަބްސިޑީގެ ނިޒާމު ފޭސްއައުޓްކޮށް ބޭނުން ކުރުން ހުއްޓާލުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.
ވޯލްޑް ބޭންކުން ބުނީ މިދިޔަ އަހަރު ދައުލަތުގެ ދަރަނި ރާއްޖޭގެ އުފެއްދުންތެރިކަމުގެ 123 ޕަސެންޓަށް އެރުމަކީ ގައުމަށް ބޮޑު ނުރައްކަލެއް ކަމަށެވެ. އެއީ 123 ބިލިއަން ރުފިޔާ އެވެ. މިއީ ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ވެސް ވޯލްޑް ބޭންކުން ނެރެފައިވާ ހުރިހާ ރިޕޯޓެއްގައި ވެސް ފާހަގަކުރާ އެންމެ ބޮޑު އެއް މައްސަލަ އެވެ.
މި އަހަރާއި އަންނަ އަހަރު އެވްރެޖްކޮށް ދަރަނި އަދާކުރުމަށް ބޭނުންވާ މިންވަރު 512 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވާއިރު، 2026 ވަނަ އަހަރު އެ އަދަދު 1.07 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ. ފިސްކަލް ރިފޯމްތަކާ ނުލައި ބޭރުގެ އިންޓްރެސްޓް ރޭޓު ބޮޑު ދަރަންޏަށް ބަރޯސާވުމަކީ މާލީ ގޮތުން އިތުރު ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމެއް ކަމަށް ވެސް ވޯލްޑް ބޭންކުން ބުންޏެވެ.