ads
އޮޑި ސްޕޯޓްސްގެ އާ ލޯގޯ، ފޮޓޯ ސިޑިބަރި
މަސް އޮޑިން "މަސް" ކަނޑާލައިފި
މަސް އޮޑި ސްޕޯޓްސް ކުލަބްގެ ނަން "އޮޑި ސްޕޯޓްސް" ކުލަބަށް ބަދަލުކޮށް ކްލަބު ރީ ބްރޭންޑްކޮށްފިއެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބު ކަމަށްވާ، ވިކްޓްރީ ސްޕޯޓްސް ކްލަބު ބަލިކޮށް ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި، އަންނަ ސީޒަނަށް އެއްވަނަ ޑިވިޝަނަށް ކޮލިފައިވެފައިވާ މަސް އޮޑިން، އެ ކްލަބު ރީ ބްރޭންޑްކުރީ، އެހެން ކުޅިވަރުތަކުގައިވެސް އެ ކުލަބްގެ ޝާމިލްވުން އިތުރުކުރުމަށް ކްލަބުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރުމަށެވެ. 

ކްލަބަށް މި ގެނައި ބަދަލާއެކު އޮޑި ސްޕޯޓްސް ކުލަބުން މި އަހަރުން ފެށިގެން އިތުރު ކުޅިވަރުތަކުގައި ވެސް ފެންނާނެ ކަމަށް ކުލަބުން ބުނެ އެވެ.

އޮޑި ސްޕޯޓްސް ކުލަބްގެ އަމާޒަކީ ފުޓުބޯޅަ ނޫން ކުޅިވަރުތަކުންވެސް ކުރިއަށް ދިޔުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް