ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމަކީ، އާރުޑީސީން އެކި ފަހަރު މަތިން، ހާޑްވެއާ ފިހާރަކުން ކްރެޑިޓަށް ނަގާފައިވާ މުދަލުގެ އަގު އަދާނުކޮށްގެން އެ ވިޔަފާރީގެ ފަރާތުން ދައުވާ ކުރި މައްސަލަ އެވެ.
މި މައްސަލައައިގައި އެ ކުންފުނިން ހޯދަން ދައުވާކޮށްފައިވާ 1.5 މިލިއަން ރުފިޔާގެ ތެރެއިން ދެ ލައްކައެއްހާ ރުފިޔާ މިދިޔަ އަހަރުގެ ތެރޭގައި ދައްކާފައިވާކަން ހުކުމުން އެނގެ އެވެ.
ބާކީ ނުދައްކައިވާ 1.3 މިލިއަން ރުފިޔާ ބުރާސްފަތި ދުވަހުން ފެށިގެން އަހަރު ދުވަހުގެ ތެރޭގައި ދެއްކުމަށް ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.