ads
އުމުރުން 21 އަހަރުގެ މުހައްމަދު ލީވާން
މާލޭގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި 21 އަހަރުގެ ޒުވާނާ މަރުވެއްޖެ
މިދިޔަ ބުދަދުވަހުގެ ރޭ ދަންވަރު ހިނގި އެކްސިޑެންޓުގައި އަނިޔާވި 21 އަހަރުގެ ޒުވާނާއަށް ފަރުވާ ދެމުންދަނިިކޮށް މަރުވެއްޖެއެވެ.
Advertisement

ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓްގައި ޒަހަމްވެ ފަރުވާދެމުން ދަނިކޮށް މަރުވި އުމުރުން 21 އަހަރުގެ މުހައްމަދު ލީވާންއެވެ. ލީވާން އަކީ މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން ޒުވާނާއެވެ. 

ލީވާން މަރުވީ އެކްސިޑެންޓަށް ފަހު އައިޖީެއެމް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެޥެ. 

your imageއެކްސިޑެންޓްވި ސައިކަލް 

ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބުނީ ބުދަ ދުވަހުގެރޭ ދަންވަރު 12:53 ހާއިރު ކަމަށެވެ. މި އެކްސިޑެންޓްގެ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. އެ މަންޒަރުތަކަށް ބަލާއިރި އެކްސިޑެންޓު ހިނގާފައިވަނީ ޓެކްސީ ކޮއިމަލާ ހިނގުމަށް އެޅިވަގުތު  ބޮޑުތަކުރުފާނު މަގުން އައި ސައިކަލެއްގައި ޖެހިގެންނެވެ. ސައިކަލްގެ ކުރީކޮޅު އެއްކޮށް ހަލާކުވެފައިވާއިރު ކާރުގެ ދޮރުފަތްވެސް ހުރީ ބަނޑިވެފައެވެ. 

your imageއެކްސިޑެންޓްވި ކާރު. ފޮޓޯ: ސޯޝަލް މީޑިއާ

މިއީ މިދިޔަ ދެ ދުވަސް ތެރޭ އެކްސިޑެންޓު ވެގެން މަރުވި ދެވަނަ ޒުވާނާއެވެ. މިދިޔަ ހުކުރު ދުވަހު ހެނދުނު ހުޅުމާލޭގައި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިންގި އެކްސިޑެންޓްގައި އުމުރުން 23 އަހަރުގެ ޒުވާނެއް ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. 

އަދި އިއްޔެ ހެނދުނު ހުޅުމާލޭގައި ހުޅުމާލޭ ފޭސް ދޭއްގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ޒުވާނަކަށް އަންނަނީ ފަރުވާދެމުންނެވެ. މި ޒުވާނާއަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް