އައްޑޫ ސިޓީ ހިތަދޫގައި ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ސަމާލުވާންޖެހޭ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ހާއްސަ ހަރަކާތެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

Advertisement
ފުލުހުން މިއަދު ބުނީ މި މަހުގެ 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ހިތަދޫގެ އެކި ސަރަހައްދުތަކުގައި ރައްޔިތުންނާ ބައްދަލުކޮށް، ސޯޝަލް މީޑިއާގެ ސަބަބުން ދިމާވެދާނެ ނޭދެވޭ އަސަރުތަކާއި އޭގެން ރައްކާތެރިވާނެ ގޮތްތަކާ ބެހޭ މައުލޫމާތު ފުލުހުން ވަނީ ހިއްސާކޮށްފައެވެ.
"މީގެ އިތުރުން، އޮންލައިން ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައި ސަމާލުވާންޖެހޭ ކަންކަމާއި، އިންޓަނެޓް މެދުވެރިކޮށް ހިންގާ އެކި ވައްތަރުގެ ފޭރުންތަކުން ރައްކާތެރިވާނެ ގޮތްތަކުގެ މައުލޫމާތުވެސް ރައްޔިތުންނާ ހިއްސާކުރެވުނު،" -ފުލުހުން-
ފުލުހުން ބުނީ މި ހަރަކާތަކީ ހިތަދޫގައި ކުށްމަދު އަމާން ވެއްޓެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު ހަރަކާތެއް ކަމަށެވެ. އަދި މި ހަރަކާތަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
- ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ސަމާލުވާންޖެހޭ ކަންކަމާ ގުޅޭ މައުލޫމާތު ދިން
- އޮންލައިން ވިޔަފާރީގެ މުއާމަލާތްތަކުގައި ސަމާލުވާންޖެހޭ ކަންކަން އޮޅުންފިލުވައިދިން
- ހިތަދޫގެ އެކި ސަރަހައްދުތަކުގައި ރައްޔިތުންނާ ބައްދަލުކުރި
- ކުށްމަދު އަމާން ވެއްޓެއް ގާއިމުކުރުމަށް މަސައްކަތްކުރި
- ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބުނުކަމަށް ފުލުހުން ބުނޭ