ads
ބައްސާޟް ފީފާގެ ރައީސްއާއެކު
ފީފާއިން، އެފްއޭއެމްގެ ރައީސްކަމުން ބައްސާމް ދުރުކުރާނެ
ފީފާއިން، އެފްއޭއެމްގެ ރައީސްކަމުގެ މަގާމުން ބައްސާމް އަދީލް ޖަލީލް ދުރުކޮށް، އެފްއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ވަރަށް އަވަހަށް ހަވާލު ކުރާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެފިއެވެ.

ބޮއްސުންލާފައިވާ އެފްއޭއެމާ މެދު ފީފާ އާއި އޭއެފްސީން ވަކި ގޮތެއް ނިންމާނެ ކަމަށް އެ ދެ ޖަމިއްޔާ އިން ރާއްޖެ އަށް ފޮނުވި ވަފުދުގެ ބޭފުޅުންނާ ހަވާލާ ދެއްވައި، ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލްވެސްވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ބައްސާމް ވަކިކޮށް، ނޯމަލައިޒް ކުރާނެ ކަމަކަށް ތޮލާލް ވިދާޅުނުވެއެވެ. އެކަމަކު، ފުޓްބޯޅައިގެ ކަންކަން އިނގޭ، އިތުބާރު ހިފޭ ފަރާތަކުން ކިޔައިދިން ގޮތުގައި ވަރަށް އަވަހަށް އެފްއޭއެމް ނޯމަލައިޒްކޮށް ބައްސާމް މަގާމުން ދުރުކުރަން ފީފާއިން ނިންމައި އެކަން އިއުލާން ކުރާނެއެވެ.

އޭއެފްސީ އާއި ފީފާގެ މަންދޫބުން ހިމެނޭ ވަފުދެއް މިދިޔަ މަހު ރާއްޖެ އަށް ދަތުރުކޮށް، މިނިސްޓަރާ، ސްޕޯޓްސް ކޮމިޝަނަރާވެސް ބައްދަލު ކުރިއެވެ. ތޮލާލް ވިދާޅުވީ އެފްއޭއެމާ ބެހޭގޮތުން ހިއްސާ ކުރަން ޖެހޭ މައުލޫމާތުތައް އޭނާ ފީފާގެ ވަފުދާ ހިއްސާ ކުރެއްވި ކަމަށެވެ. 

ތޮލާލް ވިދާޅުވީ އެފްއޭއެމާ މެދު ސަރުކާރަކުން ވަކި ގޮތެއް ނުނިންމާނެ ކަމަށެވެ. ފީފާ އާއި އޭއެފްސީން ނިންމި ގޮތަކަށް ސަރުކާރުން އެފްއޭއެމާ އެކު ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ.

ކޮރަޕްޝަންގެ ހާއްޔަކަށްވެފައިވާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ޖިނާއީ ދައުވާ އުފުލި އަންނަނީ މައްސަލައިގެ ޝަރީއަތް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް