ads
ހާލަންޑް
ސިޓީ މޮޅުވެ، އާސެނަލްގެ އުއްމީދު ފަނޑުވެއްޖެ
ޕްރިމިއާ ލީގުގައި ރޭ ޓޮޓްންހަމް އަތުން ސިޓީ މޮޅުވެ، އަލުން އެއްވަނައަށް އެރުމާއެކު ލީގު ހޯދުމަށް އާސެނަލްއިން ކުރަމުން އައި އުއްމީދު ފަނޑުވެއްޖެއެވެ.

ޓޮޓްންހަމް އަތުން ސިޓީ ރޭ މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ. މި މޮޅާއެކު، ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމަށް މެންޗެސްޓާ ސިޓީއަށް ދެން ބޭނުންވަނީ ބާކީ އޮތް މެޗު އެއްވަރުކޮށްލާށެވެ. އެއީ މި މަހުގެ 19 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ވެސްޓްހޭމާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުން ބަލިނުވެ ފަރުޖައްސާލެވިއްޖެ ނަމަ، ޕްރިމިއާ ލީގުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވިދިވިދގެން ހަތަރުވަނަ ފަހަރު ލީގު ނެގުމުގެ ރިކޯޑް ސިޓީއަށް ހެދޭނެއެވެ.

ލީގުގައި އާސެނަލްއަށްވެސް ބާކީ އޮތީ އެންމެ މެޗެކެވެ. އެ މެޗުން އާސެނަލް ބަލިވިޔަސް ނުވަތަ އެއްވަރު ވިޔަސްވެސް ސިޓީއަށް ލީގު ލިބޭނެއެވެ. އާސެނަލް މެޗާ ސިޓީ މެޗުވެސް އޮތީ ހަމަ އެއް ވަގުތެއްގައެވެ.

ފަހު މެޗަށްދާއިރު، ސިޓީ އެއް ވަނައިގައި އޮތީ، 37 މެޗުން 88 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާސެނަަލަށް 37 މެޗުން ވަނީ 86 ޕޮއިންޓް ލިބިފަ އެވެ. ލީގުގެ ތިން ވަނައިގައި އޮތް ލިވަޕޫލަށް 37 މެޗުން 79 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް އެސްޓަން ވިލާ އަށް ވަނީ 37 މެޗުން 68 ޕޮއިންޓް ލިބިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް