ads
މީހަކު ނަރުގަނޑެއް އަޅުވައިގެން - ފޮޓޯ: ގޫގަލް
ދަތުގައި ނަރުގަނޑު އެޅުވުމަކީ ރީތިވުމަށް ދޭ ފަރުވާއެއް ނޫން: ޑރ. ނަދީމާ
ދަތުގައި ނަރުގަނޑު އެޅުވުމަކީ ރީތިވުމަށް ދޭ ފަރުވާއެއް ނޫން ކަމަށް އައި.ޖީ.އެމް.އެޗްގެ ދަތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރ ނަދީމާ ރަޝީދު ވިދާޅުވެއްޖެ އެވެ.

ޑޮކްޓަރ ނަދީމާ ވިދާޅުވީ، އޯތޮޑޮންޓިސްޓަކީ ދަތާއި އަނގައިގެ ކަށިގަނޑުގެ އުފެދުމުގައި ހުންނަ އައިބުތައް ދެނެގަނެ އެ ކަންކަމަށް ދޭ ފަރުވާއެއް ކަމަށެވެ.

ޑޮކްޓަރ ނަދީމާ ވިދާޅުވީ، ނަރުގަނޑު އެޅުވުމުން ދަތްތައް ހުންނަ ގޮތުން މީހުންނަށް ސިއްހީ ގޮތުން ދިމާވާ އެތަކެއް އުނދަގުލަކުން ސަލާމަތް ކުރެވޭ ކަމަށެވެ. 

އަދި މީގެ ތެރޭގައި ހިމެނެނީ ކަތުރުކަށި ގަނޑަށް އުނދަގޫވުން، ވާހަކަ ދެއްކުމުގައި އުނދަގޫތަކެއް ހުރުން މީގެ އިތުރުން، ހެދިބޮޑުވަމުން އަންނައިރު މޫނުމަތީގެ ކަށިގަނޑައް އަންނަ ބަދަލުތައް ފާހަގަކޮށް ރަނގަޅުކުރުން ހިމެނޭ ކަމަށެވެ.

"އަޅުގަނޑުމެން ބަލާނީ ކުއްޖާގެ ދަތް ގައި ހުންނަ އައިބުތަށްކަށް، ދަތް ވެއްޓިފަ ނުފަޅާ ހުރުން، ނޭވާލާ ކުދިންގެ މޫނުމައްޗާއި އަދި ދަތްޕިލައަށް އަންނަ ބަދަލުތައް " ޑޮކްޓަރ ނަދީމާ ވިދާޅުވި އެވެ.

ޑޮކްޓަރ ނަދީމާ ވަނީ، ކުއްޖާގެ އުމުރުން 7 އަހަރު ވުމުގެ ކުރިން އޯތޮޑޮންޓިސްޓަކަށް ދައްކާލުމަށް އިލްތިމާސް ކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް