ads
މުވާސަލާތާ ގުޅޭ ސިޔާސަތުތައް އެކުލަވާލަން ކަމާ ގުޅުންހުރި ފަރާތްތަކުން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ:ލޯކަލް ގަވަމެންޓް މިނިސްޓްރީ
މުވާސަލާތާ ގުޅޭ ސިޔާސަތުތައް އެކުލަވާލަން މަޝްވަރާ ބައްދަލުވުމެއް
މުއާސަލާތާ ގުޅޭ ސިޔާސަތުތައް އެކުލަވައިލުމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

މުއާސަލާތާ ގުޅޭ ސިޔާސަތުތައް އެކުލަވައިލުމަށް ބޭއްވި މި މަޝްވަރާ ބައްދަލުވުން އިފުތިތާހުކޮށްދެއްވީ ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި އާދަމް ޝަރީފް ވިދާޅުވީ މި ބައްދަލުވުމަކީ އެ މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ރާއްޖޭގެ މުވާސަލާތީ ހިދުމަތްތައް ކުރިއަށްވުރެ ފުރިހަމަކޮށް ޒަމާނަށް އަންނަ ބަދަލުތަކާ އެކު، އުސޫލުތައް އިތުރަށް ފުރިހަމަކުރަން ކޮމިނިއުކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) އާ އަދި ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދެމުންގެންދާ އެކިއެކި ފަރާތްތަކާ އެކު މަޝްވަރާކޮށް ބޭނުންވާ އުސޫލުތަކާއި ގަވާއިދުތައް ފުރިހަމަ ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަަމަށެވެ.

ސްޓެލްކޯ މާލަމުގައި އަންގާރަ ދުވަހު ބޭއްވުނު މި މަޝްވަރާ ބައްދަލުވުމުގައި ކޭމްގެ އިތުރުން ދިރާގާއި އުރީދޫ އާއި އާރުއޯއެލް އާއި ސެޓްލިންކް އާއި އެންސީއައިޓީގެ އިތުރުން މި ދާއިރާގެ ފަންނުވެރި ބައެއް މާހިރުން ވަނީ ބައިވެރިވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް