ads
ސޯޝަލް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް: ވިދާޅުވީ މުޖުތަމައުގެ ކުރިއެރުމާއި ގައުމުގެ ތަރައްގީގެ އަސްލަކީ އާއިލާގެ ހަމަޖެހުމާއި އުފާވެރިކަން ކަމަށް - ފޮޓޯ:ޕީއެންސީ
ގައުމުގެ ތަރައްގީގެ އަސްލަކީ އާއިލާގެ ހަމަޖެހުމާއި އުފާވެރިކަން: މިނިސްޓަރު
މުޖުތަމައުގެ ކުރިއެރުމާއި ގައުމުގެ ތަރައްގީގެ އަސްލަކީ އާއިލާގެ ހަމަޖެހުމާއި އުފާވެރިކަން ކަމަށް ސޯޝަލް މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައި މިނިސްޓަރު ވިދާޅުވީ އޯގާތެރި މުޖުތަމައެއްގެ އެންމެ މުހިންމު އެއް ސިފައަކީ ބަދަހި އާއިލާ ކަމަށެވެ.

އަހަރެމެންގެ އާއިލާތަކަކީ އަހުވަންތަކަމާއި އެއްބަނޑު އެއްބަފާވަންތަކަން ދަމަހައްޓާ، އެކަކު އަނެކަކަށް އަޅާލާ އޯގާތެެރި، އެހީތެރި، ކުލުނުވެރި، އެންމެން އެކުގައި ގުޅިގެން އުޅޭ އާއިލާތަކަކަށް ވާން ޖެހޭ ކަމަށް އައިޝަތު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެދުމަކީ މިއަދަކީ، އަދި ހަމަ ކޮންމެ ދުވަހަކީ ވެސް، ކޮންމެ ބޭފުޅަކު ވެސް އެބޭފުޅެއްގެ އާއިލާއަށް އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ދުވަހަަކަށްވުމެވެ. 'ފުރަތަމަ އާއިލާ' މިއީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް އިސްކުރާ ސިޔާސަތަށްވުމެވެ،" މުުޖުތަމައުގެ ކުރިއެރުމާއި ގައުމުގެ ތަރައްގީގެ އަސްލަކީ އާއިލާގެ ހަމަޖެހުމާއި އުފާވެރިކަން ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވި އެވެ.

އައިޝަތު ވިދާޅުވެފައި ވަނީ އަހަރެމެން ކުރެ ކޮންމެ މީހަކީ ވެސް މައިންބަފައިންނަށް އަޅާލާ ބަޔަކަށްވެ، ބޮޑުބޭބެއިންނާއި ބޮޑުދައިތައިންނާއި އެއްބަނޑު އެއްބަފާ ބޭބެއިންނާއި ދައްތައިން އަދި ކޮއްކޮއިންގެ ހާލު ބަލާލާ ބަޔަކަށްވާން ޖެހޭ ކަމަށެވެ. އަދި ދަރިންނާއި އަނބިން އަދި ފިރިންނަށް ވަގުތުދޭ، އެމީހުންނާ އެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް އިސްކަންދޭ ބަޔަަކަށްވާން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން އެކި ސަބަބުތަކާ ހުރެ އާއިލާ ރޫޅި، ދެމަފިރިން ވަކިވާން ޖެހޭ ހާލަތު ދިމާވެފައިވާ އާއިލާތަކުން ވެސް އެ އާއިލާތަކުގެ ކުދިންނާ އެކުދިންގެ މައިންބަފައިންނާ މެދު އޮންނަ ގުޅުން ބަދަހި ކުރުމަށް އައިޝަތު ވަނީ ގޮވާލައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް