ads
މޯލްޑިވިއަންގެ ބޯޓެއް
ސްކޫލް ބަންދާ ދިމާކޮށް މޯލްޑިވިއަންގެ އިތުރު ދަތުރުތަކެއް ބާއްވަނީ
ގައުމީ އެއާލައިން "މޯލްޑިވިއަން" އިން ރާއްޖޭގެ އެކި މަންޒިލްތަކަށް ކުރާ ދަތުރުތައް ސްކޫލް ޗުއްޓީ ދުވަސްވަރާ ދިމާކޮށް އިތުރުކޮށްފި އެވެ.

މޯލްޑިވިއަންއިން ބުނީ ސްކޫލްތަކުގެ ޗުއްޓީ ދުވަސްވަރާއި ދިމާކޮށް ދަތުރުތައް އިތުރުކުރީ ސްކޫލް ޗުއްޓީއާ ދިމާކޮށް ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޑިމާންޑު އިންތިހާއަށް ބޮޑުވުމުންކަމަށެވެ.

މީގެ ކުރިން އެހެން ބަންދުތަކާ ދިމާކޮށް ވެސް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކޮށްފައިވެ އެވެ. 

މި ދުވަސްވަރާ ދިމާކޮށް މޯލްޑިވިއަނުން ވަނީ ޝެޑިއުލް ދަތުރުތަކުގެ އިތުުރުން، އިތުރު ފްލައިޓްތަކެއް ބައެއް މަންޒިލްތަކަށް ތާވަލުކޮށްފަ އެވެ. މިގޮތުން މާދަމާއިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހާ ހަމަޔަށް އިތުރު ފްލައިޓްތަކެއް ބޭއްވުމަށް ނިންމާފައިވެ އެވެ.

މޯލްޑިވިއަންއިން އިތުރު ދަތުރުތައް ތަވާލުކޮށްފައި ވަނީ

  • 16 މޭ، މާލެ- ފުވައްމުލައް / ފުވައްމުލައް- މާލެ، މާލެ- މާވަރުލު / މާވަރުލު-މާލެ
  • 17 މޭ، ގަން- މާލެ / މާލޭ- ގަން، ހޯރަފުށި- މާލެ / މާލެ- ހޯރަފުށި، ކުޅުދުއްފުށި- މާލެ / މާލެ- ކުޅުދުއްފުށި، ފުވައްމުލައް- މާލެ / މާލެ- ފުވައްމުލައް
  • 18 މޭ، ފުނަދޫ- މާލެ / މާލެ- ފުނަދޫ، ފުވައްމުލައް- މާލެ / މާލެ- ފުވައްމުލައް، ގަން- މާލެ / މާލޭ- ގަން
  • 19 މޭ، ގަން- މާލެ / މާލޭ- ގަން، ފަރެސްމާތޮޑާ- މާލޭ / މާލޭ- ފަރެސްމާތޮޑާ، ފުވައްމުލައް- މާލެ / މާލެ- ފުވައްމުލައް، ކުޅުދުއްފުށި- މާލެ އަދި މާލެ-ކުޅުދުއްފުށި
  • 20 މޭ، މާލެ- މާވުރުލު / މާވުރުލު- މާލެ، މާލެ- ގަން / ގަން- މާލެ، ކައްދޫ- މާލެ / މާލެ- ކައްދޫ، މާލޭ- މަޑިވަރު- މާފަރު / މަޑިވަރު- މާފަރު- މާލޭ، މާލެ- ކުޅުދުއްފުށި / ކުޅުދުއްފުށި- މާލެ، މާލެ- ފުވައްމުލައް / ފުވައްމުލައް- މާލެ

މޯލްޑިވިއަން އިން ދަނީ ރާއްޖޭގެ ބޮޑު ބޯޓެއް ގެނެސް ޗައިނާއަށް އުދުހުންތައް ފަށަން ތައްޔާރު ވަމުންނެވެ. އެ ކުންފުނިން ވަނީ ޗައިނާގެ ފަސް ސިޓީއަކާއި ޔޫރަޕުގެ ބައެއް މަންޒިލްތަކަށް އުދުހުން ފަށާނެ ކަމަށް ބުނެފަ އެވެ. 

ގައުމީ އެއާލައިން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއްގެ ގޮތުގައި އުފެދިފައިވަނީ 2000 ވަނަ އަހަރު އެވެ. ދެ ބޯޓާއެކު ފެށި މި ކުންފުނީގައި މިހާރު ޖުމްލަ 25 ބޯޓު އެބައޮތެވެ. މީގެތެރޭގައި ދެ އޭޓީއާރާއި ޑޭޝް އަށެއް މަރުކާގެ ބޯޓު ފަހަރުވެސް ހިމެނެ އެވެ. އިތުރު ބޯޓުތައް ހޯދުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް