ads
ސްލޮވާކިއާގެ ބޮޑުވަޒީރު ފިކޯގެ ގަޔަށް ބަޑިޖަހައި ޒަހަމްކޮށްލުމުން ހެލިކޮޕްޓަރުގައި ގެންގޮސް، ހޮސްޕިޓަލަށް ވައްދަނީ:. --ފޮޓޯ: އޭއެފްޕީ
ސްލޮވާކިއާ ބޮޑުވަޒީރުގެ ފުރާނައަށް މިހާރު ނުރައްކަލެއް ނެތް: ސަރުކާރު
ބަޑިޖަހާ ޒަހަމު ކޮށްލި ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބާޓް ފީކޯގެ ފުރާނައަށް މިހާރު ނުރައްކަލެއް ނެތްކަމަށް އެ ގައުމުގެ ސަރުކާރާއި ހަވާލާދީ ބޭރު މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.
Advertisement

59 އަހަރުގެ ފީޗޯއަށް ހަމަލާދީފައިވަނީ ސްލޮވާކިޔާގެ މެދުތެރޭގައި އޮންނަ ބަންސްކާ ބިސްޓްރީޗާ ސަރަހައްދުގެ ރަށެއް ކަމުގައިވާ ހަންޑްލޮވާގައި ސަރުކާރުގެ އިސްވެރިންނާއެކު ބޭއްވެވި ނިމުނު ވަގުތާ ދިމާކޮށެވެ. ހަމަލާ ދިނުމާއެކު, ފީޗޯއަށް ފަރުވާ ދިނުމަށް ހެލިކޮޕްޓަރުގައި ބަންސްކާ ބިސްޓްރީޗާގެ ވެރިރަށުގައި ހުރި ހަސްފަތާލަކަށް ގެންގޮސްފައިވެ އެވެ.

ފީޗޯއަށް ބަޑިން ޙަމަލާ ދީފައިވަނީ ބައްދަލުވުން ނިމުމުން, ބައްދަލުވުން އޮތް އިމާރާތުން ބޭރަށް ނުކުމެވަޑައިގަންނަވައި, އެ ސަރަޙައްދަށް އެއްވެ ތިބި ޢާންމުންނާ ސަލާމް ކުރައްވަން އުޅުއްވި ވަގުތުގަ އެވެ. ފުލުހުން ވަނީ ފީޗޯއަށް ހަމަލާ ދިން މީހާ ވަގުތުން ހައްޔަރުކޮށްފަ އެވެ.

ސްލޮވާކިއާ ބޮޑުވަޒީރުގެ ނައިބު ތޯމަސް ޓަރަބާ "ބީބީސީ" އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ފީކޯގެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި، ފުރާނަ ސަލާމަތްވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

"އަހަރެންނަށް ލިބުނީ ބޮޑު ސިހުމެއް. މައުލޫމާތު ލިބޭ ގޮތުގައި މިހާރު ފީކޯ އޮތީ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއްގައެއް ނޫން،" ތޯމަސް ވިދާޅުވި އެވެ.

އެ ގައުމުގެ މީޑިއާތަކާ ހަވާލާދީ ބޭރު މީޑިއާތަކުން ބުނެފައިވަނީ ހަމަލާދީފައިވަނީ 71 އަހަރުގެ މީހެއް ކަމަށާއި އޭނާއަކީ ލިޔުންތެރިއެއް އަދި ސިޔާސީ އެކްޓިވިސްޓެއް ކަމަށެވެ.

ހަމަލާދިން ސަރަހައްދުން ލިޔުންތެރިޔާ ވަގުތުން ހައްޔަރުކޮށްފައިވާއިރު، ހަމަލާދިން ސަބަބު ދެނެގަތުމަށް ސީރިއަސް ތަހުގީގެއް ވަނީ ފަށާފަ އެވެ.

your imageސްލޮވާކިއާގެ ބޮޑުވަޒީރު ފިކޯގެ ފުރާނައަށް މިވަގުތު ނުރައްކަލެއް ނެތް ކަމަށް އޭނާގެ ނައިބު ވަނީ ވިދާޅުވެފައި. --ފޮޓޯ: އޭއެފްޕީ

މިއީ ފީކޯ ބޮޑުވަޒީރުގެ މަގާމު އަދާ ކުރައްވާ ތިން ވަނަ ދައުރެވެ. އެންމެ ފަހުން އޭނާ އިންތިހާބުވީ ސެޕްޓެމްބަރު، 2023، ގައި ބޭއްވި އިންތިހާބު ކާމިޔާބުކޮށްގެންނެވެ.

މި ފަހަރު ވެރިކަމަށް ވަޑައިގެން، ފިކޯ ވަނީ ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގައި ރަޝިއާ އަށް ތާއީދުކޮށް ވާހަކަ ދައްކަވައިފަ އެވެ. ފިކޯ ވަނީ ޔޫކްރެއިނަށް ހަތިޔާރު ވިއްކުން ހުއްޓާލައްވައި، ޔޫކްރެއިންގެ މިނިވަންކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް