ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އެޗްއެސްބީސީގެ ރާއްޖެގެ ބްރާންޗް
22 އަހަރަށްފަހު އެޗްއެސްބީސީގެ ރާއްޖެ ބްރާންޗް ބަންދުކުރަނީ
ރާއްޖޭގައި ހުޅުވާ ހިންގަމުން އާ އިންޓާނޭޝަނަލް ބޭންކް ހޮކޮންގްް އެންޑް ޝަންހާއި ބޭންކިން ކޯޕަރޭޝަން (އެޗްއެސްބީސީ)ގެ ބްރާންޗު 22 އަހަރަށް ފަހު ބަންދުކުރަން ނިންމައިފިއެވެ.
Advertisement

އެޗްއެސްބީސީން ރާއްޖޭގައި އެ ބޭންކުގެ ބްރާންޗެއް ހުޅުވީ 15 މެއި 2002 ގައެވެ. އެ ބޭންކުން ރާއްޖޭގައި ދެމުން އަންނަނީ ހޯލްސޭލް ބޭންކިންގެ ހިދުމަތް އެކަންޏެވެ.

އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ އެ ބޭންކުގެ ރާއްޖޭގެ ބްރާންޗުގެ އޮޕަރޭޝަން ބެލުމަށްފަހު ބަންދުކުރަން ނިންމާފައިވާކަމަށެވެ. މި ބްރާންޗު ބަންދުކުރުމުގެ ނޯޓިސް އެ ބޭނުންކުވަނީ ރާއްޖޭގެ މަރުކަޒީ ބޭންކަށްވެސް ދީފައިއެވެ. 

އެޗްއެސްބީސީން ބުނީ ރާއްޖޭގެ ބްރާންޗު ބަންދުކުރަން ތައްޔާރުވަމުން އަންނައިރު އެކަން ކުރަމުން ގެންދާނީ ކަސްޓަމރުންނާއި މުވައްޒަފުންނަށް ދަތިނުވާނެ ގޮތްތައް ބަލައިގެންކަމަށެވެ. އަދި ރާއްޖޭގެ ބްރާންޗު ބަންދުވި ނަމަވެސް ރާއްޖެއަށް ހާއްސަކޮށް އެޗްއެސްބީސީ ސްރީލަންކާގައި ގާއިމްކުރާ ޑެސްކުން، ރާއްޖޭގެ އިންޓަނޭޝަނަލް ކޯޕަރޭޓް ކަސްޓަމަރުންނަށް ހިދުމަތް ދެމުން ގެންދާނެކަމަށެވެ. 

އެނގިފައިވާ ގޮތުގައި ރާއްޖޭގައި ހުރި އެޗްއެސްބީސީގެ ބްރާންޗު ބަންދުކުރަނީ އުއްމީދު ކުރި މިންވަރަށް ފައިދާ ނުވާތީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް