އެމްއެންޑީއެފް އިން ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު މި ލޯންޗުގައި ރޯވިކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ މާފުށި ސްޓޭޝަނަށް ލިބުނީ މެންދުރު 12:34 ހާއިރެވެ.
މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް، އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ވީ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ލޯންޗުގެ ގެގަނޑުގެ ބޮޑު ބަޔަކަށް ގެއްލުންވެފައިވެ އެވެ.