
މިއަދުގެ އިރުއޮއްސި 6:30 ވާން އުޅެނިކޮށް މާލެ އާއި ހުޅުމާލޭގެ ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ފޯރުކޮށްދޭން ސްޓެލްކޯ އިން ފެށި ފަހުން ފުލުހުން "އެކްސް" ގައި ބުނީ، ބުނީ މާލެ ސަރަހައްދުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ އެއްކޮށް ހައްލު ކުރެވެންދެން ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް އެ އިދާރާއިން ކުރިއަށް ގެންދާނެ ކަމަށެވެ.
އެ މަސައްކަތްތަކާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ.
ސްޓެލްކޯ އިން ބުނީ އިރުއޮއްސި 18:13ހާއިރު މުޅި މާލެއަށް ކަރަންޓު ދީ، ހުޅުމާލެ ރުއްގަނޑު އެކެއް ސަރަހައްދުގައި ހުރި ޓްރާންސްފޯމަރެއް ފިޔަވައި ހުރިހާ ޓްރާންސްފޯމަރެއް ޖައްސާފައިވާ ކަމަށެވެ.
އަދި އެހެން ސަރަހައްދުތަކަށް ކަރަންޓު ލިބިފައިނުވާ ނަމަ ސްޓެލްކޯގެ އެމާޖެންސީ ނަންބަރު 104އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އަންގަވައިފަ އެވެ. އެހެންވެ، ފުލުހުން ތަހުގީގެއް ފަށައިފައިވާއިރު، އެ މައްސަލައާ ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އެ މުއައްސަސާއިން ބުނެފައިވެ އެވެ.