
ދިވެހި ސިފައިން
ސިފައިންގެ މައި މަރުކަޒު ފާހާނާގެ ތެރޭގައި ސިފައިންގެ މީހަކު މަރުވެފައި ހުއްޓާ ފެނިއްޖެ
އަލީ މިދުހަތު
02 ޖޫން 2025 - 00:25:09
ސިފައިންގެ މައި މަރުކަޒު، ބަންޑާރަ ކޮށީގައި މިރޭ އަމިއްލަ އަށް މަރުވެފައި ހުރި މީހަކު ފެނިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ދަންޖެހިފައި ހުއްޓާ ފެނުނީ ލ. މާމެންދު އަށް އުފަން އުމުރުން 35 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ އެމްއެންޑީއެފްގެ ސާޖެންޓެއްގެ ރޭންކުގައި ހުރި މީހެކެވެ.
ފާހާނާ ތެރޭގައި އެ މީހާ ދަންޖެހިފައި ހުއްޓާ ފެނިގެން މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ވެ އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އެމްއެންޑީއެފުން ބުނީ އެއީ ފުލުހުން ބަލަމުންދާ ކަމެއް ކަމުގައި ވާތީ، މައުލޫމާތު ފޯރުކޮށްދޭނީ ފުލުހުން އެކަނި ކަމަށެވެ.
ފުލުހުން ބުނީ ބަންޑާރަ ކޮށީގައި މީހަކު މަރުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް