ads
ހަދީޖާ ސަނާ
ގާސިމްގެ ދަރިކަނބަލުންނަށް ދެ މިލިއަން ރުފިޔާ ދޭން ހުކުމެއް
މަކަރާއި އޮޅުވާޅުންތަކެއް ހިމެނޭ ކޭޕާކް ރެޒިޑެންސްގެ އެޕާޓްމަންޓެއް ބައްލަވައިގެންނެވި، މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ދަރިކަނބަލެއް ކަމަށްވާ، ހަދީޖާ ސަނާއަށް ދެ މިލިއަނެއްހާ ރުފިޔާ ދޭން، ހަމްބޯ ކޮމްޕެނީގެ މައްޗަށް ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން މިއަދު ކުރި މި ހުކުމަކީ، ކޭޕާކް ރެސިޑެންސްގެ އެޕާޓްމެންޓެއް ސަނާ ބައްލަވައިގެންފައިވީ ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ހަމްބޯ ކުންފުނިން އަމަލު ނުކޮށްގެން ދައުވާ ކުރި މައްސަލައެކެވެ. މި މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ހަމްބޯ ކުންފުނީގެ ގައިރު ހާޒިރުގައެވެ.

މި މައްސަލައިގައި ސަނާއަށް ނަގައިދޭން ސިވިލް ކޯޓުގައި އޭނާ އެދިފައިވާ ފައިސާއަކީ، ދެ ފަރާތުގެ މެދުގައި ހެދިފައިވާ އެއްބަސްވުމާ އެއް ގޮތަށް އެޕާޓްމެންޓް ދީފައިނުވާތީ ގެއްލުމުގެ ބަދަލުގައި ނުވަ ލައްކަ ހަތްހާސް ހަތްދިހަ ރުފިޔާއާއި، އެޕާޓްމެންޓް ނުލިބުމުން އެހެން ފަރާތްތަކަށް ސަނާ ކުލީގެ ގޮތުގައި ދައްކާފައިވާ ނުވަލައްކަ ނުވަދިހަ އަށްހާސް ދުވިސައްތަ ރުފިޔާއާއި ފަންސާސް އަށްހާސް ހަތްސަތޭކަ ތެއްތިރީސް ޑޮލަރެވެ. 

އެހެންނަމަވެސް ކޯޓުން ސަނާއަށް ނަގައިދޭން އަމުރު ކުރީ ނުވަ ލައްކަ ހަތްހާސް ހަތްދިހަ ރުފިޔާއާއި، އެޕާޓްމެންޓް ނުލިބުމުން އެހެން ފަރާތްތަކަށް ސަނާ ކުލީގެ ގޮތުގައި ދައްކާފައިވާ ފަންސާސް އަށްހާސް ހަތްސަތޭކަ ތެއްތިރީސް ޑޮލަރެވެ.

ސިވިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅުވަނީ މި މައްސަލައިގައި އަމުރު ކުރި ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކަން އަމުރުކޮށްފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް