ads
އިންތިހާބުގެ ރިޒަލްޓް ސެންޓަރުގެ މަސައްކަތުގެ ތެރެއިން - - ފޮޓޯ:އީސީ
މިރޭ މުއްދަތު ހަމަވާނެ، އަދިވެސް 182 ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅާ
ރައްޔިތުން މަޖިލީހުގެ އިންތިހާބު ވާދަކުރިން ކެންޑިޑޭޓުންގެ ތެރެއިން އަދިވެސް 182 މީހަކު މާލީ ބަޔާން ހުށަނާޅާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިެއެވެ.
Advertisement

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުން މާލީ ބަޔާން ހުށައަޅަން ދިން މުއްދަތު މިރޭ ދަންވަރު 12 ޖަހާއިރަށް ހަމަވާނެއެވެ. 

އީސީން ބުނީ މިހާތަނަށް ބަޔާން ހުށައަޅާފައިވަނީ ޖުމްލަ 186 ކެންޑިޑޭޓުންކަމަށެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރި 59 ކެންޑިޑޭޓަކާއި ޕާޓީތަކުން ވާދަކުރި 127 ކެންޑިޑޭޓުންނެވެ. މިދިޔަ މަހުގެ 21 ގައި ބޭއްވި ރައްޔިތުން މަޖލީހުގެ އިންތިހާބުގައި 368 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ.

އީސީއަށް މާލީ ބަޔާން ހުށަހެޅުމަކީ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ގާނޫނުން ލާޒިމްކުރާ ކަމެކެވެ.

މާލީ ބަޔާން ހުށަނާޅާ ނުވަތަ އޭގައި ދޮގު މައުލޫމާތެއް ހިމެނޭ ނަމަ، އީސީއަށް އެ ކެންޑިޑޭޓަކަށް ދައުވާ ކުރުމަށް ފޮނުވޭއިރު، އެ ކުށުގެ އަދަބެއް ކަމަށް ކަނޑައަޅާފައި ވަނީ އަހަރު ދުވަހަށް ޖަލަށް ލުން ނުވަތަ 72،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

ކެންޑިޑޭޓުން ހުށަހަޅާ މާލީ ބަޔާނުގައި ހިމަނަން ޖެހޭ ކަންކަން:

  • އިންތިހާބާ ގުޅިގެން ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލު
  • އިންތިހާބަށް ހަރަދު ކުރަން ފައިސާ ހޯދި ގޮތުގެ ތަފްސީލު
  • ފައިސާ އާއި ތަކެތި ދިން ފަރާތްތަކާއި ދިން މިންވަރުގެ ތަފްސީލު
  • ބޭންކް އެކައުންޓުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް އެނގޭނެ ބޭންކް އެކައުންޓް ސްޓޭޓްމަންޓް
  • ސައްހަ މައުލޫމާތުކަން އަންގައިދޭން ފައިސާގެ ރަސީދު، އިންވޮއިސް، ބިލުގެ ކޮޕީ

މާލީ ބަޔާނުގެ މައްސަލާގައި އީސީން ފުރަތަމަ ފިޔަވަޅު އަޅާފައި ވަނީ މިދިޔަ އަހަރު ބޭއްވި މަޖިލިހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅިގެންނެވެ. އެ އިންތިހާބުގައި ވާދަކުރި ތިން ކެންޑިޑޭޓުން 6،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފަ އެވެ.

އެފަހުން ރިޔާސީ އިންތިހާބުގައި ވާދަކުރި ފަސް ކެންޑިޑޭޓަކު ވެސް ޖޫރިމަނާކުރި އެވެ. މާލީ ބަޔާން ފުރިހަމާ ނުވާ މައްސަލާގައި އޭގެ ތެރެއިން ކޮންމެ ކެންޑިޑޭޓަކު ވެސް 20،000 ރުފިޔާއިން ޖޫރިމަނާކޮށް، ކެންޑިޑޭޓުންގެ ރަސްމީ އެޖެންޓުން 6،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް