ads
މާލެ އަތޮޅު ފުނަދޫ. މިތަނުގައި ހުރި ތެޔޮ ޓޭންކަތައް މާގިރިފަޅަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި
ފުނަދޫ ތެޔޮ ޓޭންކުތައް 18 މަސްތެރޭ ބަދަލުކުރަން ޗައިނާ ކުންފުންޏަކަށް
މާލެ އަތޮޅު ފުނަދޫގައި ހުރި ތެޔޮ ޓޭންކުތައް ބަދަލުކުރަން ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
Advertisement

މާލެ އަތޮޅު ފުނަދޫގައި ގާއިމުކޮށްފައިވާ ތެޔޮ ސްޓޯރޭޖު ކ. މާގިރިފަޅަށް ބަދަލުކުރަން ސަރުކާރުން ނިންމާ އެކަން އިއުލާންކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 21 ވަނދުވަހުއެވެ. އަދި އެ މަސައްކަތް ކުރާނީ އެސްޓީއޯއިން ކަމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ. 

އިގްތިސާދާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ ފުނަދޫގައި ހުރި ތެޔޮ ޓޭންކަތައް މާގިރިފަޅަށްް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި އެ މަސައްކަތް ހަވާލުކޮށްްފައިވަނީ ޗައިނާގެ ކުންފުންޏަކަށްް ކަމަށްވެސް ސައީދު ވިދާޅުވިއެވެ. އެސްޓީއޯއާއި ހަވާލާދީ ސައީދު ވިދާޅުވީ އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެ ފަދަ މަސައްކަތް ކުރުމުގައި ޗައިނާގައި ވަރަށް ފުންނާބު އުސް ކުުންފުންޏަކާއި ކަމަށެވެ. 

ތެޔޮ ޓޭންކަރުތައް ބަދަލުކުރާ މާގިރިފަޅު ހިއްކަންޖެހޭކަން ފާހަގަކުރައްވާ އެތަން ހިއްކާ ބޮޑު ހިލަޖަހާ ޓޭންކުތައް ބަދަލުކުރަން 18 މަސް ހޭދަވާނެކަމަށް ސައީދު ވިދާޅުވިއެވެ،  

ސަރުކާރުން ވަނީ ފުނަދޫގައި އިކޮނޮމިކް ޒޯނެއް ތަރައްގީ ކުރަން ނިންމާފައެވެ. އެތަން ތަރައްގީ ކުރަން ނިންމާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ގުޅުވައިގެންނެވެ. މިތަނުގައި ސިޓީ ހޮޓާތަކާއި ބޭންކިން ފެސިލިޓީފަދަ މުހިންމު ފެސިލިޓީތައް ގާއިމް ކުރަން ނިންމާފައެވެ.

ފުނަދޫގައި މިވަގުތު 48,000 ޓަނުގެ ޑީސަލާއި 10,000 ޓަނުގެ ޕެޓްރޯލް ރައްކާ ކުރެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް