މި ބައްދަލުވުން އޮތީ މުލިއާގޭގައި މިއަދު ހަވީރު 16:00 ޖަހާއިރުކަމަށް އަލަށް އިިންތިހާބުވި މެމްބަރަކު ސީއެންއެމަށް ޔަގީން ކޮށްދިނެވެ.
މިއަދުުގެ ބައްދަލުވވުމުގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސްކަމަށް ގެންނަން ރައީސް މުއިއްޒު ބޭނުން ފުޅުވާ މެމްބަރުންގެ ނަންތައް ހާމަކުރައްވާނެކަމަށް ބެލެވޭކަމަށް އެ މެމްބަރު ވިދާޅުވިއެވެ. މިއަދު ގެ ބައްދަލުވުމުގައި ސަރުކާރާއި އެކު މަސައްކަތް ކުރާ ޕާޓީތަކުންގެ މެމްބަރުންވެސް ބައިވެރިވާނެކަމަށް މައުލޫމާތު ލިބެއެވެ.
އާ މަޖިލީހަށް ހޮވުނު ހުރިހާ މެމްބަރުންނާއި ރައީސް މުއިއްޒު މިއަދު ބައްދަލުކުރައްވާއިރު ސަރުކާރުން ެަންގަން ޖެހޭ ކަންކަން މެމްބަރުންނަށް އަންގަވާނީ ސީދާ އެމަނިކުފާނުކަމަށް މީގެ ކުރިން މުއިއްޒު ވަނީ ވިދާޅުވެފައެވެ.
20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މިނިވަން ގޮތުގައި ވާދަކޮށްް އިންތިހާބު ކާމިޔާބުކުރި 8 މެމްބަރަކު މިވަނީ ޕީއެންސީއަށް ސޮއިކޮށްފައެވެ. އެއާއެކު ޕީއެންސީ މަޖިލީހުގެ މެމްބަރުންގެ އަދަދު ވަނީ 74 އަރާފައެވެ.
މަޖިލިސް އިންތިހާބުގައި ޕީއެންސީއަށް ވަނީ 66 ގޮނޑި ލިބިފައެވެ. އޭގެއިތުރުން އަމިއްލަ ގޮތުން ވާދަކޮށް ޕީއެންސީއާ ގުޅުނު 8 މެމްބަރުންނާއި ގާސިމް އިބްރާހިމާއި ކާނަލް މުހައްމަދު ނަޒީމާއި އަހްމަދު ސިޔާމްގެ އިތިރުން އެމްޑީއޭގެ ޓިކެޓުގައި ވެލިދޫ ދައިރާއަށް އިންތިހާބުވީ މުހައްމަދު އައްބާސް އަކީ ސަރުކާރަށް ތާއީދުކުރާ މެމްބަރުންނެވެ.
އެ ހުރިހާ މެމްބަރުންނާއި އެކު އަންނަ މަޖިލީހުގައި ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ އަދަދު 78 އެރީއެވެ.