ads
ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
މިއަހަރުގެ މިހާތަނަށް ޗައިނާގެ 95،000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި
މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 95،000 އަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ޗައިނާގެ 95،263 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. މިއީ މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ 11.2 އިންސައްތަ ފަތުރުވެރިންނެވެ.

މި އަހަރު މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ޗައިނާ އުޅެނީ އެއްވަނައިގަ އެވެ. މިދިޔަ އަހަރު ޗައިނާ އޮތީ މި ލިސްޓުގެ ތިން ވަނައިގަ އެވެ. މިދިޔަ އަހަރު އެއްވަނައިގައި އޮތް އިންޑިއާ އެވެ.

މި އަހަރުގެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު:

  • ޗައިނާ – 95,263
  • ރަޝިއާ – 85,873
  • އިނގިރޭސި ވިލާތު – 80,962
  • އިޓަލީ ވިލާތު – 73,709
  • ޖަރުމަނު ވިލާތު- 67,766
  • އިންޑިއާ – 48,940
  • ފަރަންސޭސި ވިލާތް – 31,677
  • އެމެރިކާ – 29,815
  • ސްވިޒަލޭންޑް – 21,125
  • ޕޮލޭންޑް – 17,035

މިއަހަރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6063 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީން 20 މޭގައި ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު މި މަހު ރާއްޖެއަށް ޖުމްލަ 850,971 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް