ads
މީހަކު ފިތުރު ޒަކާތް ދައްކަނީ
މުދަލު ޒަކާތުގެ ނިސާބުގެ މިންވަރު މައްޗަށް
މިއަހަރު މުދަލު ޒަކާތުގެ ނިސާބަށް ޖެހޭ މިންވަރު ދިވެހިރާއްޖޭގެ ޒަކާތާއި ބެހޭ ހައުސްއިން ކަނޑައަޅާ އިއުލާންކޮށްފިއެވެ.
Advertisement

ޒަކާތާއި ބެހޭ ހައުސް އިން ބުނީ މިމަހުގެ 22 އިން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 9353.40 ރުފިޔާކަމަށެވެ. މިއަހަރުގެ ޖެނުއަރީ މަހު މުދަލު ޒަކާތް ވާޖިބުވާ މިންވަރެއްގެ ގޮތުގައި ކަނޑައަޅާފައި 7140 ދިވެހި ރުފިޔާއެވެ. 

މުދަލުޒަކާތުގެ ނިސާބަކީ، ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. ފައިސާއިން ޒަކާތް ދައްކާނަމަ، ފައިސާ އަގުކުރެވޭނީ ރަން ނުވަތަ ރިއްސަށެވެ. ފިޤްހީ މަޒުހަބުތަކަށް ބަލާއިރު، ހަނަފީ މަޒްހަބުގައި ނިސާބު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. އަދި އެހެން މަޒުހަބުތަކުގައި ރަނުގެ އަގަށް ބަލައިގެންނެވެ. 

ދިވެހިރާއްޖޭގައި ނިސާބު ކަނޑައަޅަނީ ރިހީގެ ނިސާބުންނެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި ރިހީގެ އަގުން ފައިސާ އަގުކުރުމަކީ ފަޤީރުންނަށް އެންމެ ފައިދާ ބޮޑު ގޮތެވެ.

އަހަރުގެ އެކި ދުވަސްވަރު ނިސާބުގެ މިންވަރު ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާއެކު ތަފާތުވެއެވެ. ޒަކާތް ނެރުން ވާޖިބުވާނީ މުދަލުގައި ނިސާބު ހަމަވެ އަދި އެ މީހެއްގެ މިލްކިއްޔާތުގައި އެމުދަލެއް ހުރެ ހިޖްރީ ގޮތުން އެއް އަހަރު ހަމަވުމުންނެވެ. ޒަކާތް ދައްކާ މުދަލުގެ ބާވަތް ތަފާތުވުމުގެ ސަބަބުން ޒަކާތުގެ ނިސާބު ތަފާތުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް