ads
އެމްއެމްޕީއާރުސީގެ ޑީއެމްޑީ ބައްސާމް
ޖިންސީ ފުރައްސާރައިގެ ތުހުމަތު އޮތް ބައްސާމް އެމްއެޕީއާރުސީ ހިންގުން ހަވާލުކޮށްފި
އެމްއެމްޕީއާރުސީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރިކަމަށް ބުނާ މުހައްމަދު ބައްސާމު އާދަމަށް އެ ކުންފުނިން ހިންގުން ހަވާލުކޮށްފިއެވެ.
Advertisement

އޭނާ މިވަގުތު ހުރީ އެކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. ބައްސާމާއި އެމްއެމްޕީއާރުސީގެ ހިންގުން ޕީސީބީ މި ހަވާލުކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) އިއްޔެ އެ މަގާމުން ވަކިކޮށްފައެވެ. 


ޖިންސީ ފުރައްސާރަައިގެ މައްސަލައެއްގައި ބައްސާމް އާދަމް ސަސްޕެންޑްްކުރިކަމަށް އެމްއެމްޕީއާރުސީން ކުރި ބުނިނަމަވެސް ސަސްޕެންޑް ނުކުރާކަން ފަހުން ވަނީ ހާމަވެފައެވެ. އެމްއެމްޕީއާރުސީގެ އަންހެން މުވައްޒަފުންތަކަކަށް ބައްސާމް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމުން އެމްއެމްޕީއާރުސީން މައްސަލައިގެ ތަހުގީގެއްވެސް ފެށިއެވެ. 

ސޯޝަލް މީޑިއާގައި ފެންމަތިވެފައިވާ ގޮތުން އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުރި ބައްސާމް ވަނީި އެތަނުގެ ބައެއް މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކޮށްފައެވެ. އަދި މިކަން ހިންގާފައިވަނީ ޖަރުމަނުގައި އެންމެ ފަހުން އޮތް ބާލިން ފެއާއަށް ކުރި ދަތުރުގައިކަމަށާއި ޖިންސީ ނިޔަތް އޮވެގެން ބައެއް މުވައްޒަފުންގެ ގައްޔަށް އަތްލާފައިވާކަމަށްވެސް ވެއެވެ. 

މީގެތެރެއިން ބައެއް މުވައްޒަފުން އެތަނުން ވަކިވެފައިވާކަމަށްވެސް ބުނެއެވެ.

އެމްއެމްޕީއާރުސީގެ ބޯޑުގެ ޗެއާމަނަކަށް ހުންނެވި އައިޝާ ނޫރައިން ޖަނާހު މަގާމުން އިސްތިއުފާ ދީ ފޮނުވި ލިޔުމުގައިވެސް ބައްސާމްގެ މައްޗަށް ކުރެވުނު ޖިންސީ ތުހުމަތުގައި އެ ކުންފުނިން އަމަލުކުރި ގޮތުން މުވައްޒަފުންގެ ރޫހު ގެއްލިފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެ މައްސަލަ ނިންމި ގޮތެއް ބޯޑަށް ނުވެސް އަންގާކަމަށާއި އެ މައްސަލާގައި ކުންފުނިން އަމަލުކޮށްފައިވަނީ ގޯސްކޮށްކަމަށްވެސް ނޫރައިންގެ އިސްތިއުފާ ލިޔުމުގައިވެެއެވެ. އަދި އެ ނިންމުމުގެ ސަބަބުން މުވައްޒަފުންގެ ރައްކާތެރިކަން ގެއްލި މުވައްަަފުންގެ މަސައްކަތު ރޫހު ގެއްލިފައިވާކަަންވެސް ނޫރައިން ވަނީ ފާހަގަކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް