ads
އަންހެން ޓީމުގެ ކޯޗިން ސްޓާފުން
އަންހެން ޓީމަށް ކޯޗިން ސްޓާފުން ހަމަޖައްސައިފި
ރާއްޖޭގެ ގައުމީ އަންހެން ވޮލީޓީމުގެ ހެޑު ކޯޗަކަށް ތަޖުރިބާކާރު ކޯޗު ސޮފްވާން އަހުމަދާ ހަމަޖައްސައިފިއެވެ.

އަންހެން ޓީމުގެ ހެޑްކޯޗް ސޮފްވާންގެ އެސިސްޓެންޓަކަށް ހަމަ ޖައްސާފައިވަނީ އަހުމަދު އަދީލް (ބޭބެ) އެވެ. ޒުވާން އަންހެން ގައުމީ ޓީމުގެ ކޯޗަކަށް ފަތުހުﷲ ވަހީދު (ފައްލޯ) ކަނޑައަޅިއިރު، ފައްލޯގެ އެސިސްޓެންޓަކަށް ހަމަ ޖެއްސީ އިސްމާއިލް ޖިނާޒްއެވެ. އަދި ޓީމުގެ ޓްރެއިނަރަކަށް ހަމަޖެއްސީ މަރިޔަމް ހަލީމް (ކޮކޯ) އެވެ. މި ޓީމު ގެންގުޅޭނީ 20 އަހަރުން ދަށުގެ އަންހެން ޓީމެވެ.

އަންހެން ޓީމުގެ މަގާމްތަކަށް ކަނޑައެޅި ކޯޗިން ސްޓާފުންނަށް މަގާމް ރަސްމީކޮށް ހަވާލުކުރީ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވޮލީބޯލް އެސޯސިއޭޝަންގެ ނައިބު ރައީސް މުޙައްމަދު ސާޖިދު (ކާއްޓޭ) އެވެ.

ގައުމީ އަންހެން ޓީމު މި އަހަރު ބައިނަލްއަގުވާމީ ދެ މުބާރާތެއްގައި ވާދަކުރާނެއެވެ. އެއީ އަންނަ އޯގަސްޓް މަހު ނޭޕާލްގައި ބާއްވާ ކާވާ ވޮލީބޯލް ނޭޝަންސް ލީގާއި ސެޕްޓެންބަރ މަހު މާލޭގައި ބާއްވާ ވޮލީބޯލް ޗެލެންޖް ކަޕެވެ.

ޒުވާން ޓީމު ތައްޔާރުވަމުން އަންނަނީ އަންނަ ޖުލައި މަހު މާލޭގައި ބާއްވަން ތައްޔާރުވާ 20 އަހަރުން ދަށުގެ ވޮލީބޯލް ޗެމްޕިއަންޝިޕަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް