ads
ހޯދަމުންދާ ނ. މިލަދޫ / މީޒާން، އަޙްމަދު ވިއާމް
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހާ ހޯދަން އިއުލާންކޮށްފި
އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައައިގައި ތުހުމަތު ކުރެވޭ ނ. މިލަދޫ / މީޒާން، އަޙްމަދު ވިއާމް ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި މި މައްސަލަ ބަލަމުންދަނީ ނ. މަނަދޫ ޕޮލިސް ސްޓޭޝަނުންނެވެ. ވިއާމްއަށް ތުހުމަތު ކުރެވެނީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކަމެއް ފުލުހުން ބުނެފައި ނުވިނަމަވެސް އިތުބާރު ހުރި ގޮތަކަށް އެކަންވަނީ ކަށަވަރު ކުރެވިފައެވެ. ވިއާމްގެ އުމުރަކީ 27 އަހަރެވެ.

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އަދި އެ މައްސަލައާ ގުޅިގެން ވިއާމް ހައްޔަރު ކުރުމަށް ފުލުހުން ކޯޓު އަމުރެއް ހޯދުމާއެކު އޭނާވަނީ ފިލާފައެވެ.

ވިއާމްގެ ކުށުގެ ރެކޯޑެއް އޮންނަކަން އަދި މިހާތަނަށް އެނގިފައި ނުވިނަމަވެސް، އޭނާގެ މައްޗަށް މީގެ ހައެއްކަ އަހަރު ކުރިން ފައިސާގެ މައްސަލައެއްގައި ހުކުމެއްކޮށްފައިވެއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 15 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ދާދި ފަހުން ވަނީ ހުކުމްކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް