ފުލުހުން މިއަދު މީޑިއާއަށް ފޮނުވި މެސެޖްގައި ބުނީ ކުއްޖާ ރޭޕްކުރި މައްސަލައާ ގުޅިގެން 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިކަން ހިނގީ އުތުރުގެ ރަށެއްގައި މިދިޔަ އާދިއްތަ ދުވަހު އެވެ.
އޭނާ ހައްޔަރުކުރީ ތަހުގީގީ އިދާރާތަކަށް ފިލައިގެން އުޅޭތީ އޭނާ ހޯދަން އިއުލާނު ކުރި ފަހުންނެވެ.
ހައްޔަރުކުރި މީހާގެ ކުށުގެ ރެކޯޑެއް އޮންނަކަން އަދި މިހާތަނަށް އެނގިފައި ނުވިނަމަވެސް، އޭނާގެ މައްޗަށް މީގެ ހައެއްކަ އަހަރު ކުރިން ފައިސާގެ މައްސަލައެއްގައި ހުކުމެއްކޮށްފައިވެ އެވެ.