 
                                                                                                
                    ބާސެލޯނާގައި އިތުރު އެއް އަހަރު މަޑު ކުރަން ނިންމާފައިވާ ޒަވީ ކުއްލި ގޮތަކަށް މަގާމުން ވަކިކުރަން ނިންމައި، އެ މަގާމަށް މިހާރުވަނީ ޖަރުމަނުގެ ކުރީގެ ކޯޗު ހަންސީ ފްލިކް އައްޔަން ކުރަން ނިންމާފައެވެ.
މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލާނެ ކަމަށް ކުރިން ބެލެވިފައިވަނިކޮށް، ޒަވީ މަގާމުގައި މަޑުކުރީ ބާސެލޯނާއިންވެސް ބޭނުންވެގެން ތަކުރާރުކޮށް ކުރި މަޝްވަރާތަކަށް ފަހުއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޒަވީ ވަކިކުރަން ބޯޑުން ނިންމީ ފަހު މެޗަށްފަހު އޮތް ޕްރެސް ކޮންފަރެންސްގައި ޒަވީ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
ކުއްލި އަކަށް މަގާމުން ވަކިކުރަން ނިންމާފައިވީނަމަވެސް އާދިއްތަ ދުވަހު ކުޅޭ ސްޕެނިޝް ލީގު ބާސެލޯނާ ކުޅޭ މެޗުގައި އެ ޓީމަށް އިރުޝާދު ދޭނީ ޒާވީއެވެ. ސެވިއްޔާއާ ދެކޮޅަށް ކުޅޭ މި މެޗު ވެގެންދާނީ ޒާވީ ބާސާއަށް ކޯޗު ކޮށްދޭ ފަހު މެޗަށެވެ.