އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ، ފަލަސްތީނާ ގުޅުވައިގެން މާލޭގެ މަގަކަށް ނަން ކިޔުމަކީ ވަރަށް ފެންނަ ކަމެއް ކަމަށާއި އަދި އެ ނަން ކިޔަން ވާނީ އެކަށީގެންވާ ބޮޑު މަގަކަށް ކަމަށެވެ.
މާލޭގެ މަގަކަށް ފަލަސްތީނާއި ގުޅުވައިގެން ނަމެއް ކިޔަން ހުށަހަޅުއްވާފައިވަނީ މާލޭ ސިޓީގެ މޭޔަރު، އާދަމް އާޒިމްއެވެ. މޭޔަރު ވިދާޅުވީ، މާލޭގައި އެއްވެސް ނަމެއް ނުކިޔާ ދެ މަގެއް އޮތް ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
މި ޖަލްސާގައި ބައިވެރިވެ ވަޑައިގަތް ގިނަ މެމްބަރުން އާޒިމް އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވި އެވެ. ނަމަވެސް އެ ނަން ދޭނީ ކޮން މަގަކަށް ކަން އަދި އޭގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.