ads
ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް
މާލޭގައި ބިދޭސީއަކު ރަހީނުކޮށްފި
މާލޭގައި މީހަކު ރަހީނު ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ބަންދުކޮށްގެން ގެންގުޅެފައި ވަނީ ނޭޕާލް މީހެއް ކަމަށެވެ. އޭނާގެ ޖިންސު އަދި އުމުރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި އެ މީހާ ރަހީނުކޮށްގެން އުޅޭތާ ހަތަރު ވަރަކަށް ދުވަސްވެއްޖެ އެވެ.

ފުލުހުން ބުނީ އެ މީހާ ބަންދުކޮށްގެން ގެންގުޅުނީ މާފަންނުގައި ހުންނަ ގެސްޓްހައުސްއެއްގައި ކަމަށެވެ. އެތަނުގައި ފުލުހުން އަދިވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ ޑިޕާޓްމަންޓުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް