ads
ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު ފޮޓޯ: ޕީއެސްއެމް
ގައުމީ ތަރިކަ ކޮލެޖުގެ ކަރުދާހީ މަސައްކަތް ނިމިއްޖެ: ވަޒީރު
ގައުމީ ތަރިކަ ކޮލެޖުގެ ކަރުދާހީ މަސައްކަތް ނިންމާފައިވާކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު އެ އިދާރާއިން ބޭއްވި ނޫސްވެރިްންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު އާދަމް ނަސީރު ވަނީ ގައުމީ ތަރިކާގެ ކޮލެޖު ގާއިމްކުރުމުގެ މަސައްކަތުގެ، ކަރުދާހީ މަސައްކަތް ނިމިފައިވާކަމަށް ފާހަގަކޮށް މިހާރު އޮތީ އެކަމަށް  ބޭނުންނާ އިދާރީ ބޭފުޅުންގެ ނަންފުޅުތައް ފޮނުވުމުގެ މަރުހަލާ ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން ގައުމީ ޗާޕުހާނަ ގާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށް ވަޒީރު ވަނީ އެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

ހަފްތާ 14ގެ މަގުޗާޓުގައިވާގޮތުން  ދިވެހި ގާއުމީ ތަރިކައިގެ ކޮލެޖު ގާއިމް ކުރުމުގެ މަސައްކަތް ފަށަން ތާވަލު ކޮށްފައި ވަނީ އެންމެ ފަހު ހަފުތާއަށެވެ. އެގޮތުން އެ ހަފުތާގައި އެ ކޮލެޖުގެ ސިގްނޭޗަރ ރިސާޗް ޕްރޮގްރާމްތައް އުފައްދައި، އޭގެ މުގައްރަރުތައް އެކުލަވާލުމުގެ މަސައްކަތްވެސް ވަނީ ކުރިއަށްގެންގޮސްފަ އެވެ. ގައުމި ތަރިކަ ކޮލެޖު އުފެއްދުމުގެ ބޭނުމަކީ ގައުމިއްޔަތުގެ އިލްމު ދިވެހިންގެ ތެރޭގައި އުފައްދައި، ގައުމިއްޔަތާ މެދު ހޭލުންތެރިކަން އޮތް ޖީލެއް ބިނާކުރަން މަސައްކަތްކުރުންކަމަށް ވަޒީރު ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ގައުމީ ޗާޕުހާނާ އުފެއްދުމުގެ އެންމެ މުހިއްމު ބޭނުމަކީ ދިވެހި ގައުމިއްޔަތާއި ތަރިކައާއި ތާރީހާއި ދިވެހީންގެ އަމިއްލަވަންތަކަމާއި ގުޅިފައިވާ އިލްމުތައް، އަދި އެ ކަންކަމާ ގުޅިފައިވާ މައުލޫމާތުތައް އެއްކުރައްވާ ބޭފުޅުންނަށް އެ ބޭފުޅުންގެ ފޮތްތައް އޭގެ ފުރަތަމަ 100 އެއްހައި ކޮޕީ ނުވަތަ 50 އެއްހައި ކޮޕީ ދައުލަތުން ޗާޕުކޮށްދިނުން ކަމަށް މީގެ ކުރިން ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

ދިވެހިރާއްޖޭގައި ގައުމީ ޗާޕުހާނާ އަކާއި ގައުމީ ތަރިކައަާ ބެހޭ ކޮލެޖެއް ގާއިމްކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ހަފްތާ 14 ގައި ހިމަނުއްވާފައިވާ މުހިއްމު ވައުދުފުޅެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް