ads
ސްޓެލްކޯގެ ޑިރެކްޓަރުންގެ މެންބަރު ކަމުގެ މަގާމަށް އައްޔަންކުރި ޔޫސުފް ވަހީދު - ފޮޓޯ:ސްޓެލްކޯ
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް ޔޫސުފް ވަހީދު
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޑިރެކްޓަރުންގެ މެންބަރު ކަމުގެ މަގާމަށް ޔޫސުފް ވަހީދު އައްޔަން ކުރުމާ ގުޅިގެން އެ ކުންފުނިން މަރުހަބާ ކިޔައިފި އެވެ.

ސްޓެލްކޯގެ ބޯޑުގެ މެންބަރު ކަމުގެ މަގާމަށް ޔޫސުފް ވަހީދު، ބޮޑުގެ / ހއ. ވަށަފަރު އައްޔަންކޮށްފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް މިދިޔަ މާޗު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހަށް ގެނެސްފައިވާ ބަދަލުތައް މި މަހުގެ 19 ވަނަ ދުވަހު އެ ބޯޑުން އިއުލާނު ކުރިއިރު އެވެ.

ސްޓެލްކޯއިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމަށް ޔޫސުފް ވަހީދު އައްޔަން ކުރުމާ ގުޅިގެން ކުންފުނީގެ ބޯޑާއި އިސްވެރިން އަދި އެންމެހާ މުވައްޒަފުންގެ ނަމުގައި މަރުހަބާ ކިޔާފަ އެވެ.

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރު އެވެ. 

އެ ބޯޑުގައި ދެން ތިއްބަވަނީ ޗެއާމަން މުހައްމަދު ލަތީފުގެ އިތުރުން ނޮން-އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި އަހުމަދު ހާޝިމް އާއި މުހައްމަދު އާމިރު އަދި ކޮމްޕެނީގެ ސެކްރެޓަރީ އުސްތާޒު އަހުމަދު ސަމީހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް