ads
ގަތަރު އެއާވޭސްގެ ބޯޓެއް: ގަތަރު އެއާވޭސްގެ ބޯޓެއް ޓާބިއުލަންސެއްގައި ޖެހި ބަޔަކަށް ވަނީ އަނިޔާވެފައި
ގަތަރު އެއާވޭސްގެ ބޯޓެއް ކޮޅިގަނޑެއްގައި ޖެހި ބަޔަކަށް އަނިޔާވެއްޖެ
މިދިޔަ އާދިއްތަ ދުވަހު ދޯހާ އިން ފުރައިގެން ޑަބްލިއަން އަށް ދަތުރު ކުރި ގަތަރު އެއަރވޭސްގެ ފްލައިޓެއް ކޮޅިގަނޑެއްގައި ޖެހި ބޯޓުން ދަތުރު ކުރި މީހުންގެ ތެރެއިން 12 މީހަކަށް އަނިޔާވެއްޖެ އެވެ.

ގަތަރު އެއާވޭސްގެ ފްލައިޓެއް ޓާބިއުލަންސެއްގައި ޖެހުނީ ގަތަރުގެ ވެރިރަށް ދޯހާއިން ފުރައިގެން ޑަބްލިންއަށް ދަތުރު ކުރަމުން ދަނިކޮށެވެ. 

ގަތަރު އެއާވޭސްގެ ފްލައިޓް ކިއުއާރު017 ޑަބްލިންއަށް އެ ގައުމުގެ ގަޑިން މެންދުރު 13:00 ޖެހުމުގެ ކުޑައިރުކޮޅެއް ކުރިން ޖެއްސުމާ އެކު އެއާޕޯޓް ފުލުހުންނާއި އެމްބިއުލާންސް އަދި ފަޔާ އޮފިސަރުން ހިމެނޭ ގޮތަށް އެމަޖެންސީ ސާވިސަސް އިން ވަނީ ބައްދަލުކޮށްފަ އެވެ.

އެ ހާދިސާގައި ހަ ފަސިންޖަރަކާއި ހަ ފަޅުވެރިއަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

"ޑަބްލިން އެއާޕޯޓުގެ ޓީމުން ދަނީ ފަސިންޖަރުންނާއި އެއާލައިންގެ މުވައްޒަފުންނަށް އެއާޕޯޓްގައި ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެމުން،" ޑީއޭއޭގެ ތަރުޖަމާން ވިދާޅުވި އެވެ.

އެ ހާދިސާގައި ހަ ޕަސިންޖަރަކާއި ބޯޓުގެ ހަ ކްރޫއަކަށް އެކިވަރުގެ އަނިޔާވެފައިވެ އެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. އަދި މިކަން ހިނގައިދިޔަ ގޮތް ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ. 

ގަތަރު އެއާވޭސްގެ ފްލައިޓެއް ޓާބިއުލަންސެއްގައި ޖެހުނުއިރު، ދާދިފަހުން ސިންގަޕޯ އެއާލައިންސްގެ މަތިންދާބޯޓެއް ޓާބިއުލަންސެއްގައި ޖެހި، ބޯޓުން ދަތުރުކުރި އެކަކު މަރުވެ އަދި އެތައް ބަޔަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް