ads
މަޖިލިސް މެންބަރު ސިޔާމް - ފޮޓޯ: މަޖިލިސް
މާދަމާގެ ޖަލްސާގެ ރިޔާސަތުގައި އިންނަވާނީ ސިޔާމް
ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ މެމްބަރުން ހުވާކުރުން މާދަމާ އޮންނާނެއެވެ.

މެމްބަރުން ހުވާކުރުމަށްފަހު އާ މަޖިލިސްގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރުން އޮންނާނެއެވެ. 

މަޖިލީހުން ބުނީ އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ  މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ކަމަށެވެ. މަޖިލީހުގެ މި ނިމުނު 19 ވަނަ ދައުރުގައި އެ ޖަލްސާގެ ރިޔާސަތުވެސް ބެލެހެއްޓެވީ ސިޔާމެވެ.

ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިޚާބުވި މެންބަރުން ހުވާ ކުރުން އޮންނާނީ މާދަމާ ހެނދުނު 9:00 ގައެވެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވާ ޖަލްސާ އޮންނާނީ 10:15ގައެވެ. 

މި ދައުރަށް ހޮވުނު މެމްބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރަކީ ސިޔާމްއެވެ. ސިޔާމް މިހާތަނަށް ވަނީ މަޖިލީހުގެ 4 ދައުރު ފުރިހަމަކޮށްފައެވެ. މީ ސިޔާމް މަޖިލީހުގައި އިންނަވާ 5 ވަނަ ދައުރެވެ. 

your imageމަޖިލީހުގެ ރައީސްކަމަށް ވާދަކުރައްވާ ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުރަޙީމް އަބްދު ﷲ

20 ވަނަ މަޖިލީހުގެ ރައީސްކަމަށް ވާދަކުރަން ނިންމާފައިވަނީ ރައީސް މުއިއްޒުގެ އިސް މުޝީރުގެ ގޮތުގައި ހުންނެވި  ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުރަޙީމް އަބްދު ﷲ އެވެ.  ނައިބަކަށް ދިއްގަރު ދާއިރާގެ އިންތިޚާބީ މެންބަރު އަހްމަދު ނާޒިމެވެ. 

your imageމަޖިލީހުގެ ރައީސްގެ ނައިބަކަމަށް ވާދަކުރައްވާ ދިއްގަރު ދާއިރާގެ އިންތިޚާބީ މެންބަރު އަހްމަދު ނާޒިމް

މަޖިލީހުގެ ރައީސާއި ނައިބު ހޮވާނީ މާދަމާ އޮންނަ ޖަލްސާގައި ނަގާ ސިއްރުވޯޓަކުންނެވެ.  އެ ވޯޓު ނެގުމަށްފަހު ވޯޓު ގުނުމަށް ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް