ads
ލ. އަތޮޅު ފޮޓޯ: ބުކިން.ކޮމް
ޓްރެއިނިން ރިސޯޓް ހަދަނީ ހައްދުއްމަތީ ގައި: ހަޔާ އެޑިއުކޭޝަން
ލ އަތޮޅުގައި ޓްރެއިނިން ރިސޯތެއް ހަދަން ނިންމާފައިވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
Advertisement

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވަނީ މަތީތައުލީމުގެ ދާއިރާގައި، ޔުނިވާސިޓީ މެދުވެރިކޮށް ފޯރުކޮށްދޭ ބައެއް ޕްރޮގްރާމްތައް ނޫނީ ހާއްސަކަމެއްގެ ގޮތުގައި ފޯރުކޮށްދޭ ޕްރޮގްރާމްތަކަށް އަލިއަޅުއްވާލާފަ އެވެ.

އެގޮތުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އިސްނެގުމާއި އެކީގައި ރާއްޖޭގައި ޓްރެއިނިން ރިސޯޓްތައް ގާއިމްކުރުމުގެ މަސައްކަތް ފައްޓަވާނެވާހަަކަ މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ ފަރާތުން ޓްރެއިނިން ރިސޯޓް ގާއިމްކުރާނެ ރަށްވެސް ކަނޑައަޅާފައިވާ ކަަމަށާއި އެ ރިސޯޓު ގާއިމްކުރާނީ ލ އަތޮޅުގައިކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު ވާނީ އެމްއެންޔޫ އާއި އެކީގައި މަސައްކަތްތައްވެސް ފަށްޓަވާފައި އެކަން ނިމިގެން ދާއިރުގަ، ކުދިންނަށް ރިސޯޓްގެ ދާއިރާއިން، ޓޫރިޒަމްގެ ދާއިރާގައި އަދި ޓޫރިޒަމް މެނޭޖްމަންޓްގެ ދާއިރާގައި ރިލޭޓެޑް ހުރިހާކަމަކުން އަޅުގަނޑުމެން ވަަރަށް މަތިފެންވަަރަށް ތަމްރީން ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ" ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ދިވެހި ރާއްޖެއިން ބޭރުންވެސް ރާއްޖޭގައި ޓޫރިޒަމްގެ ދާއިރާގައި ތަމްރީން ވާން ބޭނުނަވާ ފަރާތްކަށް އެ ފުރުސަތުތައް ހުޅުވާލެވިގެންދާނެކަަމަށާއި ބޭރުގެ ދަރިވަރުންނަށްވެސް ދިވެހި ރާއްޖެއަކީ ހަމަ ކިޔެވުމަށް އޮންނަ މަންޒިލެއްގެގޮތުގައި ހެދުމަށް ކުރެވޭ މަސައްކަތުގެ ސަބަބުން މިނިސްޓްރީއަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭތް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވަނީ ވަކިން ހާއްސަ ކޮލެޖެއްގެ ގޮތުގައި މެޑިކަލް ކޮލެޖެއް ގާއިމްކުރުމުގެ މަސައްކަތްވެސް އަމަލީގޮތުން މަސައްކަތް ފެށިފައިވާކަމަށާއި އެކަމަށް ބިމުގެ ކަންކަންވެސް ހަަމޖެހިފައިވާ ކަަމަށް ފާހަގކޮށްފައެވެ. އަދި އެ މަސައްކަތައް ފަންޑިން ގެ އިންތިޒާމްތައްވެސް ހަަމަޖެހިފައިވާކަަމަށާއި އެމްއެންޔޫގެ ބެލުމުގެ ދަށުން އެ މެޑިކަލް ކޮލެޖުވެސް ގާއިމްވެެގެންދާނެކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެންމެ ފަހުގެ ބޯހިމެނުމުން ދައްކާގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި 58،089 މީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެތެރެއިން 40 އިންސައްތަ އަކީ ދިވެހިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް