ads
ޓޫރިޒަމް މިނިސްޓަރު ފައިސަލް އައިޓީބީ ޗައިނާ ފެއާ ހުޅުއްވައި ދެއްވަނީ -- ފޮޓޯ: ވިޒިޓް މޯލްޑިވްސް
އައިޓީބީ ފެއާ ހުޅުއްވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު ފައިސަލް
ޗައިނާގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާ، "އައިޓީބީ ޗައިނާ ފެއާ" ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ހުޅުވައި ދެއްވައިފި އެވެ.

މި ފެއާއަކީ ފަތުރުވެރިކަމާ ބެހޭ އިޝްތިހާރުތަކާއި އެންމެ ފަހުގެ އޮފާތަކާއި އަމިއްލަ ޕްރޮޑަކްޓުތައް ޕްރޮމޯޓް ކުރުމުގައި މުހިންމު ފެއާއެކެވެ. އެ ފެއާގައި ރާއްޖޭގެ ސަގާފަތާއި ކެއުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް ލިބޭނެއެވެ. މީގެއިތުރުން އެމްއެމްޕީއާރުސީން އިވެންޓުތަކާއި ޕްރެސް ކޮންފަރެންސްތައް ދީ، ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް ޗައިނާ ރައްޔިތުން މުހިންމުވާ މިންވަރު އޮޅުންފިލުވައި ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ސަރުކާރުގެ މާކެޓިން ކުންފުނިން ޓޫރިޒަމް ސިނާއަތުގެ 100 ޕާޓްނަރުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ފަތުރުވެރިކަމާއި ބެހޭ 45 ތަނެއް އިސްތިހާރު ކުރަން ބައިވެރިވި ފެއާގައި މި އަހަރު ރާއްޖެއަކީ އޮފިޝަލް ޕާޓްނަރެކެވެ. ފެއާ ހުޅުއްވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ.

އައިޓީބީ ޗައިނާގެ ހަވާސާގައި އެމްއެމްޕީއާރުސީން ގިނަ ހަރަކާތްތައް ހިންގުމަށްވަނީ ރާވާފަ އެވެ. މީގެ ތެރެއިން ފެއާގެ ފުރަތަމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް މީޑިއާ މީޓް" ނަމުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ފާހަގަކޮށްލެވެ އެވެ.

your imageޗައިނާގައި މިއަދު ފެށި އައިޓީބީ ފެއާގައި ބައިވެރިވާ މަންދޫބުން - ފޮޓޯ: ވިޒިޓް މޯލްޑިވްސް

މިނޫސްވެރިންގެ ބައްދަލުވުމުގައި ޗައިނާއާއި ދުނިޔޭގެ މީޑިއާގެ އިސް މަންދޫބުންނަށް މަންޒިލާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ކުރިއަށް އޮތް ފޯރިގަދަ ހަރަކާތްތަކާއި ފަތުރުވެރިކަމާ ގުޅޭ ސިޔާސަތުތަކުގެ އަޕްޑޭޓްތައް ދޭނެއެވެ. އަދި ބައްދަލުވުމަގައި އެމްއެމްޕީއާރުސީ އާއި ޗައިނާގެ "ވެއިޒިން ޕޭ"އާ ދެމެދު އެއްބާރުލުމުގެ އެމްއޯޔޫއެއްގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މި އަހަރުގެ މާރިޗުގެ ނިޔަލަށް ޗައިނާގެ 95,263 ފަތުރުވެރިން ވަނީ ރާއްޖެ އަށް ދަތުރުކޮށްފަ އެވެ. މިއީ ރާއްޖެ އަށް އަންނަ ޗައިނާގެ ފަތުރުވެރިންގެ ނިސްބަތުން 11.2 ޕަސެންޓުގެ ކުރިއެރުމެކެވެ. ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ދަތުރުކުރާ އެއް ގައުމެވެ. އެމްއެމްޕީއާރުސީ އިން ދަނީ ރާއްޖެ އަށް އަންނަ ފަތުރުވެރިން އިތުރުކޮށް ފަތުރުވެރިކަން ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް