ads
އިޖުތިމާއީ ބޭނުމަށް ދިއްލާ ބައްތިތައް ސްޓޭންޑަޑައިޒް ކުރަން ފެނަކައިން އިންސްޕެކްޓް ކުރަނީ - ފޮޓޯ:ފެނަކަ
އިޖުތިމާއީ ބޭނުމަށް ދިއްލާ ބައްތިތައް ސްޓޭންޑަޑައިޒް ކުރަން އިންސްޕެކްޓް ކުރަނީ
ރަށްރަށުގައި އިޖުތިމާއީ ބޭނުމަށް ދިއްލާ ބައްތިތައް ސްޓޭންޑަޑައިޒް ކުރުމަށް ކައުންސިލުތަކާ މަޝްވަރާކޮށް، އިންސްޕެކްޝަން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އިން ބުނެފި އެވެ.

ފެނަކައިން މިއަދު ބުނީ އެ ކޯޕަރޭޝަނުން ހިދުމަތް ދެމުން ގެންދާ ހުރިހާ ރަށެއްގައި އިޖުތިމާއީ ދިއްލުންތަކަށް ބޭނުންކުރާ (ބަނދަރާއި މަގުމަތީގެ) ބައްތިތަކުގެ އިންސްޕެކްޝަން މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން ކައުންސިލުތަކާ ބައްދަލުކޮށް، ކައުންސިލުތަކާ ގުޅިގެން ބައްތިތަކުގައި ހުރި މައްސަލަތައް ބެލުމަށް ވަނީ ހަމަޖެހިފައި ކަމަށް ފެނަކައިން ބުނެ އެވެ. ފެނަކައިން ބުނެފައި ވަނީ މި އިންސްޕެކްޝަނުގެ ތެރެއިން ހާއްސަ އިސްކަމެއް ދީގެން އީއެލްސީބީ ހަރުކުރެވިފައި ހުރިތޯ ބެލުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެެވެ.

ރަށްރަށުގެ އިޖުތިމާއީ ދިއްލުންތަކަށް ބޭނުންކުރާ (ބަނދަރާއި މަގުމަތީގެ) ބައްތިތަކަކީ ކައުންސިލުތަކުގެ ބެލެނިވެރިކަމުގެ ދަށުން ބަލަހައްޓާ އެ ކޯޕަރޭޝަނުން ކަރަންޓު ފޯރުކޮށްދެމުން ގެންދާ ބައްތިތަކެއް ކަމަށް ފެނަކައިން ބުނެ އެވެ. ފެނަކައިން ބުނި ގޮތުގައި ކައުންސިލުތަކާ އެއްބަސްވެވޭ ގޮތެއްގެ މަތިން، ދެމެހެއްޓެނިވި ގޮތެއްގައި އެ ކޯޕަރޭޝަނުގެ ފަރާތުން އިޖުތިމާއީ ބޭނުމަށް ދިއްލާ ބައްތިތައް ބެލެހެއްޓުމަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގަ އެވެ.

ފެނަކައިން ވަނީ މިހާރު ވެސް ކައުންސިލުތަކުން ގޮވާލާ ވަގުތުތަކުގައި އެ ކޯޕަރޭޝަނުގެ ޓެކްނިކަލް ފަރާތްތަކުގެ އެހީތެރިކަން ފޯރުކޮށްދެމުން ދާކަން ފާހަގަކޮށްފަ އެވެ.

ފެނަކައިން މި މަސައްކަތް ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރ. އުނގޫފާރުގައި މަގުމަތީގައި އޮތް ފެންގަނޑަކަށް ކަރަންޓު އައިސް ކުޑަ ދެ ކުއްޖަކާއި އެ ކުދިން ސަލާމަތް ކުރަން އެހީތެރިވި ޒުވާނަކު ކަރަންޓުގައި ޖެހި ނުރައްކާތެރި ހާދިސާއެއް ކުރިމަތިވެފައި ވަނިކޮށެވެ. އެ ހާދިސާގައި ދެ ކުދިންނަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައި ވީނަމަވެސް، އެ ކުދިން ސަލާމަތް ކުރުމުގައި އެހީތެރިވި އުމުރުން 18 އަހަރުގެ އަތީކްގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެއަށް ވަނީ ގެނެސްފައެވެ. އަތީކަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް