 
                                                                                                
                    ގުޅީފަޅަށް ގޯތި ބަދަލު ކުރުމަށް ހުޅުވާލި ފުރުސަތު ހަމަވިއުރު ގޯތި ބަދަލުކުރުމަށް 2210 މީހުން ވަނީ އެދިފައެވެ. ހައުސިން މިނިސްޓްރީން ބުނީ ގުޅީފަޅަށް ގޯތި ބަދަލުކުރަން އެދުނު މީހުންގެ ގުރުއަތު ނެގުން އޮންނާނީ އަންނަމަހިގެ 4 ވަނަދުވަހުކަމަށެވެ. އަދި މިހާރު ގޯއްޗަށް އެދުނު މީހުން ލިސްޓު ގެޒެޓްގައި އާއްމުކޮށްފައިވާނޭކަމަށް ވެސް އެ މިނިސްޓްރީން ބުނެެއެވެ.
ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރާ ގޯތީގެ އަދަދާއި ބޮޑުމިން ކުރިމަތިލީ އަދަދު
ގުރުއަތުން ނެގުން އޮންނާނީ 1250 އަކަފޫޓާއި 1650 އަކަފޫޓް ގޯތިތަކަށް ކުރިމަތިލީ މީހުންގެ މެދުގައިކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމާފައިވެއެވެ.