މިއަދު ޕީއެސްއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ އެމްޑީ ޒީނާ ވަނީ ގިނަ ދަތިތަކާ ހުރެ ޕީއެސްއެމްއަށް އާ އިމާރާތެއް ހެދުމަށް ނިމްމާފައިވާކަމަށް ވިދާޅުވެފަ އެވެ.
ޕީއެސްއެމްގެ އިމާރާތް އެޅުމަށް ނިންމާފައިވަނީ ދިވެހި ރާއްޖޭގެ އަޑު ހުރިތަނުގައި ކަމަށާއި 3 އަހަރެއްހާ ދުވަސް ތެރޭ އިމާރާތް ނިންމުމަށް އުއްމީދުކުރައްވާކަމަށް ޒީނާ އެ ބައްދަލިވުމުގައި ވިދާޅުވި އެވެ. މީގެއިތުރުން ޕީއެސްއެމްއަށް ސްޓޫޑިއޯއެއް ހެދުމަށް ހުޅުމާލޭން ބިމެއް ލިބޭތޯ ރައީސް އޮފީހަށް ހުށަހަޅާފައިވާކަމަށާއި ސްޓޫޑިއޯ ހެދިއްޖެ ކަަމަށް ވާނަަމަ ފްރެންޗައިސް ފަދަ ޕްރޮގްރާމްތައް އުފެއްދިގެންދާނެ ކަަމަށް ޒީނާ ވަނީ ވިދާޅުވެފަ އެވެ.
ޕީއެސްއެމްއަށް އާ އިމާރާތެއް ހުރުން ވަރަށް މުހިއްމު ކަމަށް ފާހަގަކުރައްވާ ޒީނާ ވިދާޅުވީ ވޭތުވެ ދިޔަ ޑިސެމްބަރު އަދި ޖެނުއަރީ މަހުގެ ހިސާބުގައި މާލޭގައި ފެންބޮޑުވެގެން އުޅުނު އިރު ޕީއެސްއެމް ހިންގާ ތަނުގައިވެސް ފެންބޮޑުވުމުގެ ސަބަބުން ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
ފުރާޅުން ފެން ފޭބުމުގެ ސަބަބުން ޕީއެސްއެމްގެ މުވައްޒަފުންވެސް މަސައްކަތްކުރަނީ ވަރަށް ދަތި ހާލަތުގައިކަމަށާއި ސަރުކާރުގެ ހުއްދައާއި އެކު ހާއްސަކޮށް ރައީސް މުއިއްޒުގެ މްޝްވަރާގެ މަތިން ވިދާޅުވެފައި ވަނީ ޕީއެސްއެމްގެ އާ އިމާރާތް ހަގީގަތްތަކަށް ހަދައިދިނުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ކަން ޒީނާ ފާހަގަކުރެއްވި އެވެ.
ޕީއެސްއެމް އިން 24 ބުރީގެ އާ އިމާރާތެއް އަޅަން ނިންމާފައިވާކަމަށް އެ ކުންފުނީގެ އެމްޑީ ވިދާޅުވިއިރު ނިމުނު ސަރުކާރުން ޕީއެސްއެމްގައި 25 ބުރީގެ އިމާރާތެއް އެޅުމަށް އިއުލާން ކުރި އެވެ. އަދި އެ މަސައްކަތުގެ ގިނަ ނިންމުން ތަކެއް އެ ކުންފުނީގެ ބޯޑުން ވަނީ ނިންމާފަ އެެވެ. ނަމަވެސް ރައީސް ސޯލިހު ސަރުކާރުގެ 5 އަހަރު ނިމުނު އިރު ޕީއެސްއެމްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ވަނީ ނުފެށި އެވެ.