ads
ބާ ވެހިކަލް ދޫކޮށްލަން ބޭނުން މީހުންނަށް ޕްރޮގްރާމެއް
މިހާރު ގެންގުޅޭ ވެހިކަލްތަކުގެ ތެރެއިން ބާވެ ދޫކޮށްލަން ބޭނުންވާ ވެހިކަލްތައް ދޫކޮށްލެވޭނެ ހާއްސަ ޕްރޮގްރާމެއް ގެންނަން ވިސްނަވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
Advertisement

އަމީން ވިދާޅުވީ " ބައިބެކް" ގެ ނަމުގައި ގެންނަން ވިސްނާ މި ޕްރޮގްރާމުގައި ބާވެ ދޫކޮށްލަން ބޭނުންވާ ވެހިކަލްތައް ދޫކޮށްލާނެ ގޮތެއް ކަނޑައަޅާނެކަމަށެވެ. 

ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވީ ގިނަ މީހުން ވެހިކަލްތައް ނަގާފައިވަނީ އެތަކެތި ހޯދަން ފަސޭހަ ސްކީމްތައް ހުރުމުންކަމަށެވެ. އެގޮތުން އެއް ވެހިކަލަށްވުރެ ގިނަ ވެހިކަލްތައް ގެންގުޅޭ މީހުން ތިބިކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ އެ މިނިސްޓްރީ ކުރި ދިރާސާއަކުން ދައްކާގޮތުގައި 18 އިންސައްތައާއި 21 އިންސައްތަ އާއި ދެމެދުގެ އަދަދަކަށް މީހުން ވެހިކަލްތައް ދޫކޮށްލަން ބޭނުންވާކަމަށެވެ. އެހެންކަމުން ބައިބެކް ޕްރޮގްރާމްގެ ސަބަބުން ވެހިކަލް އިތުރުވާ މިންވަރު މަދުވެ ހެޔޮ ބަދަލެއް އައިސް ހާލަތު ބަދަލުވެގެންދާނެކަމަށް އަމީން ވިދާޅުވިއެވެ. 

" ދެ ވެހިކަލެއް ތިން ވެހިކަލެއް އަތުގައި ހުރީމަ ދޫކޮށްލަން ބޭނުންވަނީ، އެހެންވީމަ އަޅުގަނޑުމެނަށް ބައި ބެކް ޕްރޮގްރާމެއް ހެދިއްޖެނަމަ މިހާރު އޮތް ހާލަތުން ރަނގަޅު ހާލަތަކަށްތާ ބަދަލުވެގެން ދާނީ،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ " ބައިބެކް" ޕްރޮގްރާމް ގެންނާނީ ސަރުކާރުން ތައާރަފްކުރާ "މާލެ ފަހި" ޕްރޮގްރާމްގެ ދަށުން ކަމަށެވެ. އެގޮތުން އެކަމާއި ގުޅޭ މައުލޫމާތު އަންނަ ހަފްތާގައި ކެބިނެޓަށް ހުށައަޅުއްވާނެކަން އަމީން ފާހަގަކުރެއްވިއެވެ. 

އެއްގަމު އުޅަނދު ބޭނުންކުރާ އުމުރު ކަނޑައެޅުމަށް ކުރިން ހަދާފައި އޮތް ގަވާއިދަކީ ފަސޭހަ ގަވާއިދަކަށް ނުވާތީ އެ ބަދަލުކޮށް އައު ގަވައިދެއް ގެޒެޓްކޮށްފައިވާކަމަސް އަމީން ވިދާޅުވިއެވެ. ވެހިކަލްތައް އަދަދު ގިނަވެ ތޮއްޖެހުން އިތުުރުވާތީ މާލޭއާ ރަށްރަށުގައި ދުއްވޭނެ ވެހިކަލްތަކުގެ އަދަދު ކަނޑައަޅާ ކުރިޔަށް އޮތް 2 މަހުގެ ތެރޭ އާއްމުކުރާނެކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިދިޔަ ޑިސެމްބަރު މަހު ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް