ads
ހައްޖު ކޯޕަރޭޝަނުން ހައްޖާޖީންނަށް ތަމްރީނު ތަކެއް ފެށުން
ހައްޖު ކޯޕަރޭޝަނުން ހައްޖާޖީންނަށް ތަމްރީނު ސެޝަންތަކެއް ފަށައިފި
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން 1445 ވަނަ އަހަރުގައި ރާއްޖެއިން ހައްޖަށްދާ ހައްޖާޖީން އަޅުކަމަށް ފުރުމުގެ ކުރިން ހާއްސަ ތަމްރީނު ސެޝަންތަކެއް މިރޭ ފަށައިފި އެވެ.

އެގޮތުން އެންމެ ފުރަތަމަ ސެޝަން ހާއްސަކޮށްފައިވަނީ އަންނަ ހުކުުރު ދުވަހު ފުރާ ފުރަތަމަ ގުރޫޕުގެ ޙައްޖުވެރިންނަށެވެ. މި ބައްދަލުބުމުގައި ދީނީ ސެޝަން ނަންގަވައިދެއްވީ ފުރަތަމަ ފުލައިޓްގައި ދަތުރުކުރައްވާ ޝެއިހު މުހައްމަދު ތައްޔިބުއެވެ.

މި ތަމްރީނުތަކަކީ ކުރިން އޮންލައިން ކޮށް ސިލްސިލާ ގޮތެއްގައި ބާއްވަމުން އައި ބައްދަލުވުމެކެވެ. އެހެން ނަމަވެސް މިރޭގެ ސެޝަން އަކީ ހައްޖުވެރިންނާއި ބައްދަލުވެ ކުރިއަށް ގެންދާ ފުރަތަމަ ސެޝަންއެވެ.

މި މައުލޫމަތު ދިނުމުގެ ބައްދަލުވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާއި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލް ބައިވެރިވެވަޑައިގެންނެވި އެވެ.

ޝަކީލް ވަނީ ދިމާވެދާނެ ކަންކަމަށް ތައްޔާރުވެ ކެތްތެރި ކަމާއިއެކު ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް އެދިވަޑައިގެންފަ އެވެ. 

your imageހައްޖު ކޯޕަރޭޝަނުން ހައްޖާޖިންނަށް ތަމްރީނު ތަކެއް ފެށުން

މިއަހަރު ރާއްޖެއިން ހައްޖަަށްދާ ފުރަތަމަ ގުރޫޕްގައި 288 މީހުން ފުރައެވެ. ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. މީގެ އިތުރުން ދެން ތިބި ޙައްޖުވެރިންވެސް 2 ފްލައިޓަކަށް ބަހާލައިގެން ގެންދިޔުމަށް ހަމަޖެހިފައިވެ އެވެ. 

މިއަހަރު ރާއްޖެއަށް ރަސްމީ ކޯޓާގެ ގޮތުގައި ލިބިފައިވަނަި 1000 ކޯޓާއެވެ. ހައްޖަކީ އިސްލާމްކަމުގެ ފަސްވަނަ ރުކުނެވެ. އެކަމަށް ކުޅަދާނަވެގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް އުމުރުން އެއްފަހަރު ކުރުން ފަރުޟުވެގެންވާ އަޅުކަމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް