އެސްޓީއޯއިން ބުނެފައި ވަނީ އެ ކުންފުނިން ކަސްޓަމަރުންނަށްދޭ ހިދުމަތްތައް ފުޅާކުރުމަށް ޓަކައި މިހާރު ބޭނުންކުރަމުންދާ ސޮފްޓްވެއާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ސޮފްޓްވެއާ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ފާމަސީތަކުގެ ހިދުމަތް މެދުކަނޑާލި ނަމަވެސް، އިމަޖެންސީ ހާލަތްތަކުގައި ބޭސް ދޫކުރާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.
އެސްޓީއޯއިން ބޭހުގެ ބާވަތްތައް ވިއްކަން ފަށާފައި ވަނީ 1983 ވަނަ އަހަރު އެވެ. ބޭހުގެ ބާވަތްތަކުގެ އިތުރުން އެ ކުންފުނިން ސިއްހީ އެކި ކަންކަމަށް ބޭނުންވާ އާލަތްތަކާއި އިކުއިޕްމެންޓްތައް އެތެރެކޮށް ވިއްކަމުންދެ އެވެ.
ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭސް ވިއްކަމުންދާ ކުންފުންޏަކީ އެސްޓީއޯ ކަމަށްވާއިރު، ރާއްޖޭގެ އެކި ރަށްރަށުގައި މިވަގުތު 190 ފާމަސީ އެ ކުންފުނިން އަންނަނީ ހިންގަމުންނެވެ.