ads
ކުޅުދުއްފުށި ރީޖަލަން ހޮސްޕިޓަލުގެ އައިސީޔޫގައި އޮތް 8 މަހުގެ ކުއްޖާގެ އަތް-
ތުއްތު ކުއްޖާގެ ހާލު ގޯސްވި މައްސަލަ މިނިސްޓްރީން ބަލަނީ
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އަށް މަހުގެ ކުއްޖެއްގެ ހާލު އެ ހޮސްޕިޓަލުގެ އިހުމާލުން ގޯސްވި ކަމަށް ބުނާ މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.
Advertisement

ކުޅުދުއްފުށީގެ ހޮސްޕިޓަަލްގެ އިހުމާލުން ތުއްތު ކުއްޖާގެ ހާލަތު ގޯސްވިކަަމަށް ތުހުމަތުކޮށް އެކުއްޖާގެ އާއިލާއިން ކުރި ޕޯސްޓް ސޯޝަލް މީޑިއާގައި ފެތުރުމާއި އެކު އާންމުންގެ ކަންބޮޑުވުން އިތުރުވެ އެތައް ބަަޔަކު ދަނީ އެކަމަށް ފިޔަވަޅު އަޅަން ގޮވާލަމުންނެވެ.

މި މައްސަލައާއި ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް "ސީއެންއެމް" އަށް މިއަދު ވިދާޅުވީ ހޮސްޕިޓަލް ގެ އިހުމާލެކޭ، މެޑިކަލް ކޭސްއެކޭ ދަންނަވަން އެނގޭނީ ކުޑަކޮށް ކޭސް ރިވިއުއެއް ކޮށްފަ ކަމަށެވެ. 

"މިވަގުތު ތުއްތު ކުއްޖާގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ ކޮންސާންއެއް ފާހަގަވެފައިވާތީ އިންޓާނަލް ރިވިއުއެއް އެ ކޭސްގައި ހަދަން، އޭގެ އިތުރަށް މިނިސްޓްރީ އޮފް ހެލްތުގެ ޕޮލިސީ ޑިޕާޓްމަންޓްއާއި އެކީގައި އަޅުގަނޑުމެން އެކްސްޓާނަލް ރިވިއުއެއް ކުރިއަށް ގެންދާނަން،" މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އިހުމާލުން ތުއްތު ކުއްޖާގެ ހާލު އިތުރަށް ގޯސްވިކަމަށް ބުނާ މައްސަލަ ހެލްތް މިނިސްޓްރީން ބަލަން ފަށާފައިވާއިރު ހާލު ގޯސްވި 8 މަހުގެ ތުއްތު ކުއްޖާގެ އާއިލާއިން ކުރި ޕޯސްޓްގައި ބުނީ އެ ކުއްޖާ ހުން އައުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިމަހުގެ 12 ވަަނަ ދުވަހުގައިކަމަށެވެ.

"އެންމެ ފަހުން އާދޭސް ކޮށްގެން ޓެސްޓް ހެދީމަ އެނގުނީ ޑެންގޫ އަށް ޕޮސިޓިވް ވެފައި ވާކަން. ހުމުގެ ސަބަބުންނާއި އިންފެކްޝަންގެ ސަބަބުން ޑީހައިޑްރޭޓް ވެގެންނާއި އެކި އެހެން މައްސަލަތައް ދިމާވެ ހާލު ސީރިއަސް ވެފަކަން،" އާއިލާއިން ބުނެފައިވެ އެވެ.

އެ ކުއްޖާ މާލެ ގެނެސް މިހާރު އަންނަނީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުންނެވެ. އަދި އާއިލާ އިން ވަނީ ކުއްޖާ ގެ ހާލަތު ގޯސްވެ އެ ހާލަތަށް ދާން ޖެހުނީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ތުހުމަތުކޮށް އެކަމުގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅަންވެސް ގޮވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް