 
                                                                                                
                    ބާސެލޯނާގެ ކޯޗުގެ މަގާމަށް ހަންސީ ފްލިކް ހަމަ ޖެއްސީ ކުރިން ބާސެލޯނާގެ ކޯޗުގެ މަގާމުގައި ހުރި ޒަވީ ހެނާންޑޭޒް ވަކިކޮށްފައެވެ. ފްލިކް ހަންސް ކުރިން ހުރީ ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމުގައެވެ. ބާސެލޯނާއާ އޭނާ ހަވާލުވީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ބާސެލޯނާގެ ކޯޗުކަމުން ޒަވީ ވަކި ކުރީ ކުއްލި ގޮތަކަށެވެ. ބާސެލޯނާގައި އިތުރު އެއް އަހަރު މަޑު ކުރަން ނިންމާފައިވާ ޒަވީ ކުއްލި ގޮތަކަށް މަގާމުން ވަކިކުރީ ޕްރެސް ކޮންފަރެންސެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. ކުއްލި އަކަށް މަގާމުން ވަކިކުރިއިރު، މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލާނެ ކަމަށް ކުރިން ބެލެވިފައިވަނިކޮށް، ޒަވީ މަގާމުގައި މަޑުކުރީ ބާސެލޯނާއިންވެސް ބޭނުންވެގެން ތަކުރާރުކޮށް ކުރި މަޝްވަރާތަކަށް ފަހުއެވެ.