ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނީ ނޭޕާލްގެ 25 އަހަރުގެ އަންހެނެއް ކަމަށެވެ. އެ އަންހެން މީހާގެ އާއިލާއަށް ވެސް މިހާރު އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކަނޑުމަތިން މީހަކު އޮޔާ ދާ ކަމަށް ޕޮލިހުންނަށް ރިޕޯޓު ކުރީ މިދިޔަ ހޮނިހިރު ދުވަހު މެންދުރު އެވެ.
ޝިފާން ވިދާޅުވި ގޮތުގައި އެ އަންހެން މީހާ މަރުވި ސަބަބެއް އަދި ދެނެނުގަނެވެ އެވެ. މަރުވި ސަބަބު ދެނެގަތުމަށް އަމަލު ކުރާނެ ގޮތެއް އަދި ނުނިންމާ ކަމަށް ވެސް ވިދާޅުވި އެވެ.
އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.